Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 13:3 - ކިތާބުލް މުޤައްދަސާ

3-4 އެއަށް ފަހު ބައިތުލް މަޤްދިސްގެ އަނެއްފަރާތުގައި ވީ ޒައިތޫނި ފަރުބަދަމަތީގައި އީސާގެފާނު އިށީނދެ ވަޑައިގެން އިންނެވިއެވެ. އެ ހިނދު ޕަތަރަސްއާއި، ޔާމިޒާއި، ޔޫޙަންނާގެ އިތުރުން އަންދުރާއި އެކަލޭގެފާނުގެ އަރިހަށް އައިސް އަމިއްލަގޮތުން ދެންނެވިއެވެ. ”⁠ތިޔަ ވިދާޅުވި ކަންތައްތައް ހިނގާނީ ކޮންއިރަކުންތޯ؟ އަދި އެކަންތައްތައް ވުމުގެ އަލާމާތެއްގެ ގޮތުން އެވަގުތު ފެނިގެންދާނީ ކޮން ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް ބުނެދެއްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 13:3
13 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ އަސްޙާބީން އައިސް އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. ”⁠މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގައި ކަލޭގެފާނު މާނަފުން ވާހަކަ ބޭނުން ކުރައްވަނީ ކީއްވެތޯ؟⁠“


އެއަށް ފަހު އެއްވެފައިވީ މީސްތަކުންގެ ކައިރިން ދުރަށް ވަޑައިގެން އީސާގެފާނު ގޭގެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ދަނޑުގައިވާ ވިނަގަހާއި މެދު ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟⁠“


އޭގެ ހަ ދުވަސް ފަހުން އީސާގެފާނު ޕަތަރަސް އާއި ޔާމިޒު އާއި ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ގޮވައިގެން ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެތަނުގައި ތިއްބެވީ އެބޭކަލުން އެކަންޏެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް ވަޑައިގެންނެވި މަގުމަތީގައި ބެތުފާގޭ އަވަށުގައިވާ ޒައިތޫނި ފަރުބަދަމަތީގައި އެބޭކަލުން މަޑުކުރެއްވިއެވެ. އަދި ދެ އަސްޙާބީންނަށް


އެއަށް ފަހު އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި އިށީނދެ ވަޑައިގެން އިންނެވި ހިނދު އަސްޙާބީން އެކަހެރިވެ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ތިޔަ ވިދާޅުވި ކަންތައްތައް ހިނގައިދާނީ ކޮންއިރަކުތޯ؟ އަދި ކަލޭގެފާނު އެނބުރި ވަޑައިގަންނަވާ ހިނދުގައްޔާއި ދުނިޔެ ޤިޔާމަތް ވުމުގައި ފެނިގެންދާނެ އަލާމާތްތައް އަޅުގަނޑުމެންނަށް ބުނެދީފާނަންތޯ؟⁠“


ދެން ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، އަޅުގަނޑުމެންނަށްޓަކައި ކަލޭގެފާނު ކޮށްދެއްވުމަށް އަޅުގަނޑުމެން އެދޭ ކަމެއް އެބައޮތް.⁠“


އަދި އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒާއި ޔޫޙަންނާ ގެންދެވިއެވެ. އެ ހިނދު އެކަލޭގެފާނު ފުން ހިތާމައާއި ވޭނުން ފުރިގެން ވިއެވެ.


އެބައިމީހުންނާއި އެކަލޭގެފާނު މުޚާތަބު ކުރެއްވީ މުޅިން ވެސް މާނަފުން ވާހަކައިންނެވެ. އެހެނަސް އެކަލޭގެފާނުގެ އަސްޙާބީންނާއެކު އެކަހެރިވެ ވަޑައިގަންނަވާ ހިނދު މިހުރިހާ ވާހަކަތަކެއް އަސްޙާބީންނަށް އޮޅުންފިލުވައި ދެއްވައެވެ.


ދެން އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒުގެ އިތުރުން ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ފިޔަވައި އިތުރު މީހުން ނުދިޔުމަށް އެދިވަޑައިގަތެވެ.


އޭގެ ހަ ދުވަސް ފަހުން މީސްތަކުންނާއި އެކަހެރިވެ ވަޑައިގަތުމަށްޓަކައި އީސާގެފާނު އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި، ޔާމިޒާއި އަދި ޔޫޙަންނާ ގެންދެވިއެވެ. އެތަނުގައި އެބޭކަލުން ބަލަން ތިއްބާ އީސާގެފާނުގެ ސޫރަފުޅު ބަދަލުވެގެން ދިޔަތަން އެބޭކަލުންނަށް ފެނުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ