މަރުކުސް 13:27 - ކިތާބުލް މުޤައްދަސާ27 އެކަލޭގެފާނު ދުނިޔޭގެ ހަތަރު ބިތަށް މަލާއިކަތުން ފޮނުއްވާނެ. އަދި މަލާއިކަތުން އެކަލާނގެ ހޮއްވަވާފައިވާ މީހުން އުޑާއި ބިމުގެ އެތަންމިތަނުން އެއްތަން ކުރައްވާނެ.“ အခန်းကိုကြည့်ပါ။ |
ޤިޔާމަތް ދުވަހު ދެކުނުގެ ރާނީ މި ޖީލާއި ދެކޮޅަށް ތެދުވާނެ. އެކަމަނާ ކަލޭމެންގެ ކުށްތައް ދައްކައިދޭނެ. ސަބަބަކީ ސުލައިމާނުގެފާނުގެ ޙިކުމަތްތެރިކަމުގެ ބަސްފުޅު އަޑުއެހުމަށް ޓަކައި އެކަމަނާ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރެއްވި. ކަލޭމެންނަށް އަހަރެން ބުނަން. މިތަނުގައި މިހާރު މިވަނީ ސުލައިމާނުގެފާނަށް ވުރެން މާމަތިވެރި ބޭކަލެއް.“
މި ފަނޑިޔާރުފަދަ މީހަކު ވެސް އެންމެ ފަހުން އިންސާފުން ކަންތައްކުރިއިރު ދެން މާތްރަސްކަލާނގެ އެކަލާނގެ ހޮއްވަވާ ޚާއްސަ ކުރެއްވި އެކަލާނގެ ކިބަފުޅަށް ދުވާލާއި ރޭގަނޑު އާދޭހާއި އެކު ރޮއި ހަދާ މީހުންނާއި ދޭތެރޭ އިންސާފުން ކަންތައް ނުކޮށް ހުންނާނެތަ؟ އެމީހުން އެދޭ ކަމެއް އެކަލާނގެ ކޮށް ނުދެއްވާ ހުންނާނެ ތަ؟
އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!