Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 13:22 - ކިތާބުލް މުޤައްދަސާ

22 ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީހުން ވެސް މޮޔަހައްދަން އުޅޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 13:22
16 ပူးပေါင်းရင်းမြစ်များ  

ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މަތިވެރި މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ވެސް މޮޔަހައްދަން އުޅޭނެ.


”⁠ދޮގު ނަބިއްޔުންނާއި މެދު ސަމާލުވޭ! އެފަދަ މީހުން ތިޔަބައިމީހުންގެ ކައިރިއަށް އަންނާނީ ކަންބަޅިއެއް ފަދައިން މަޑުމައިތިރި ކަމާއެކު. އެކަމަކު އެފަދަ މީހުންނީ ނުރައްކާތެރި ވަލު ހިޔަޅުތަކެއް ފަދަ ބައެއް.


”⁠އަދި ހަމައެހެންމެ މިފަދައިން އެއްވެސް މީހަކު ތިޔަބައިމީހުންނަށް ބުނެފިނަމަ ’⁠ބަލާބަލަ، މިހިރީ އަލްމަސީޙު!⁠‘ ނޫނީ ’⁠ބަލާބަލަ، އެހެރީ އަލްމަސީޙު!⁠‘ އެފަދަ ބަސްތަކަށް ސަމާލުކަމެއްދީ ގަބޫލުނުކުރާތި.


ތިޔަބައިމީހުންގެ ނަފްސުތަކަށް ސަމާލުވޭ! ވަގުތު އައުމުގެ ކުރީން ތިޔަބައިމީހުންނަށް ހުރިހާ ތަކެއްޗެއް އަހަރެން ބުނެފިން!⁠“


އަހަރެންގެ ނަމުގައި އެތައް ބަޔަކު އަންނާނެ. އަދި ’⁠ތިމަންނާއީ މާތްރަސްކަލާނގެ ހޮއްވަވާފައި ފަރާތް⁠‘ ކަމުގައި ބުނެ ދަޢުވާކުރާނެ. އެފަދަ މީހުން އެތައްބަޔަކު މަގުފުރައްދާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޢުޖިޒާތްތަކާއި އަލާމާތްތައް ނުފެންނަނީސް ކަލޭމެން އަހަރެން ގަބޫލުކޮށް އީމާނެއް ނުވާނެ.⁠“


އެހެނަސް މާތްރަސްކަލާނގެ ބިންގާ ވަނީ ވަރުގަދައަށް ގާއިމުވެފައެވެ. މިބަސްފުޅުތައް ވަނީ އޭގައި ލިޔެވި ބިންވަޅު ނެގިފައެވެ. ”⁠މާތް ސާހިބާ އެކަލޭގެފާނުގެ އަހުލުވެރިން ދެނެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅުގައި އަޅުކަންކުރާ މީސްތަކުން އެންމެހާ ނުބައި ކަންތަކުން ދުރުވެގެންވާށެވެ.⁠“


އަހަރެންގެ ދަރިންނޭވެ! މި ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ! ދައްޖާލު ފައުޅު ވާނޭކަމުގެ ޚަބަރު ތިޔަބައިމީހުން ވާނީ އަޑުއަހާފައެވެ. އަދި އެތަކެއް ދައްޖާލުން މިހާރު ވެސް ވަނީ ފައުޅުވެފައެވެ. އެހެނީ ދުނިޔެ ނިމުމުގެ ވަގުތު ކައިރިވެފައި ވާކަން އަހަރެމެންނަށް އެނގެނީ މިގޮތުން ވެސްމެއެވެ.


އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.


އަހަރެން ތިޔަބައިމީހުންނަށް މި ލިޔުން ލިޔާ ސަބަބަކީ ތިޔަބައިމީހުން މަގުފުރެއްދުމަށް މަސައްކަތް ކުރަމުން ދާ ފަރާތްތަކާއިމެދު ހޭލުންތެރި ކުރުވުމަށެވެ.


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ