12 ބޭބެ އޭނާގެ ކޮއްކޮއަށް، އަދި ބައްޕަ އޭނާގެ ދަރިފުޅަށް ޚިޔާނާތްތެރިވެ ގަތުލުކުރުވާނެ. އަދި ދަރިން މައިންބަފައިންނާ ދެކޮޅުވެ ގަތުލުކުރުވާނެ.
ބޭބެ އޭނާގެ ކޮއްކޮއަށް، އަދި ބައްޕަ އޭނާގެ ދަރިފުޅަށް ޚިޔާނާތްތެރިވެ ގަތުލުކުރުވާނެ. އަދި ދަރިން މައިންބަފައިންނާ ދެކޮޅުވެ ގަތުލުކުރުވާނެ.
އެ ހިނދު ގިނަބަޔަކު އީމާންތެރިކަން ދޫކޮށްލައި އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ އަދި އެކަކު އަނެކަކަށް ނަފްރަތުކުރާނެ.
ތިޔަބައިމީހުން ފަޅާއަރުވައި ކޯޓަށް ގެންދެވޭ ހިނދު ބުނާނެ އެއްޗަކާމެދު ފިކުރުބޮޑު ނުވޭ. އެއީ އެވަގުތު ކުރިމަތިވުމުން ތިޔަބައިމީހުންގެ ދުލަށް އަންނަ ބަސްތައް ބުނޭ. އެއީ އެބަސްތަކަކީ ތިޔަބައިމީހުންގެ ބަސްތަކެއް ނޫން. އެބަސްތައް އަންނާނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން.
ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ މީސްތަކުން ތިޔަބައިމީހުން ދެކެ ނަފްރަތު ކުރާނެ. ނަމަވެސް އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބޭނެ.“
ކަލޭމެންގެ މައިންބަފައިންނާ އެއްބަނޑު އެއްބަފާ މީހުންނާ ތިމާގެ މީހުންނާ ރައްޓެހިން ވެސް ކަލޭމެންނަށް ޚިޔާނާތްތެރި ވާނެ. އެބައިމީހުން ކަލޭމެންގެ ތެރެއިން ބައެއް މީހުން މަރާ ވެސް ލާނެ.