Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:44 - ކިތާބުލް މުޤައްދަސާ

44 އެއީ އެބައިމީހުން ހުށަހެޅި ފައިސާ އަކީ އެބައިމީހުންގެ މުއްސަނދިކަމުގެ ސަބަބުން ބޭނުން ނުކުރެވި އިތުރުވެފައިވާ ފައިސާ. އެހެނަސް އެ ހުވަފަތް ކަނބުލޭގެ ހުށަހެޅި ފައިސާ އަކީ އެކަނބުލޭގެ ހައިހޫނުކަމުގައި ހުރެ ދިން އަތުގައި އޮތް ހަމައެކަނި ދެ ފައިސާ ފޮތި. އަދި އެއީ އެކަނބުލޭގެ އަތުގައިވީ ހުރިހާ ފައިސާއެއް ވެސްމެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:44
16 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އަސްޙާބީންނަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް އެދިވަޑައިގަތެވެ. އަދި އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް އައުމުން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަބައިމީހުންނަށް ބުނަން. އެ ނިކަމެތި ކަނބުލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ހޭދަކުރާ ފައިސާ އަޅާ ފޮއްޓަށްލީ ފައިސާ އެހުރިހާ މުއްސަނދިން އެޅި ފައިސާޔަށް ވުރެން މާ ގިނަ.


އެކަނބުލޭގެ އެކުރަނީ އެކަނބުލޭގެ ކުރެވެން އޮތްކަންތައް. އެ ކަނބުލޭގެ އަހަރެންގެ ހަށިގަނޑަށް އެއަތަރު އޮއްސައިދިނީ އަހަރެންގެ ޖަނާޒާއަށް ތައްޔާރު ކޮށްދިނުމުގެ ގޮތުން.


އެއްދުވަހަކު މި ދެ ފިރިހެން ދަރިން ކުރެ ހަގު ދަރިފުޅު އޭނާގެ ބައްޕައަށް ބުނި. ’⁠ބައްޕާއޭ. ބައްޕަގެ މުދަލުން އަހަރެންނަށް ވާ ބައި އަހަރެންނަށް ދޭށޭ.⁠‘ ދެން މި ދަނޑުވެރިޔާ އޭނާގެ ހުރިހާ މުދާ އޭނާގެ ދެދަރިންގެ މެދުގައި ބަހައި ހަގު ދަރިފުޅަށް ވީ މުދާ އޭނާއަށް ދިން.


އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.⁠‘


އެމީސްތަކުންގެ ތެރޭގައި މެދު ކެނޑުމެއްނެތި ލޭ ފައިބާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު ވިއެވެ. އެއްވެސް މީހަކަށް އޭނާގެ ބަލި ފަސޭހަ ކުރެވޭނޭ ގޮތެއް ވަނީ ނުވެފައެވެ.


ނަމަވެސް އަހަރެމެންގެ ތެރެއިން މީހަކު ތަނަވަސް ޙަޔާތެއްގައި ވާހިނދު އަދި އޭނާގެ އަޚާއާއި އުޚުތާގެ ޒަރޫރީ ބޭނުންތައް ފެނުނަކަސް އެހީތެރިއެއް ނުވެއެވެ. އެކަމުން ދައްކަނީ މިފަދަ މީހާ މާތްރަސްކަލާނގެ ދެކެ ލޯތްބެއް ނުވާކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ