40 އެބައިމީހުން ހުވަފަތް އަންހެނުންނަށް މަކަރުހަދާ އެކަނބަލުންގެ ގޯތިތައް ފޭރިގަންނޭ. އަދި ދެއްކުންތެރިކަމާއެކު ދިގުވެގެންވާ ދުޢާތައް ކުރޭ. އެބައިމީހުންނަށް ހުރި ޢުޤޫބާތެއްގެ ބޮޑުކަމާއެ!“
”ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!
ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ހުވަފަތް އަންހެނުންގެ ގެތައް ފޭރިގަނެވޭތޯ ބަލާ މީހުން. އަދި ކަލޭމެން ދިގުވެގެންވާ ދުޢާތައް ކޮށް ކަލޭމެންނަކީ ސާލިޙު ބައެއްކަމުގައި މީސްތަކުންނަށް ދައްކާ. ވީމާ ކަލޭމެންނަށް ގަދަފަދަ ޢުޤޫބާތް ދެއްވާނެ.
ކަލޭމެންނަކީ ހަރުފަތަކެއް! ވިހަގަދަ ހަރުފަތަކުގެ ދަރިން ވެސްމެ! ކަލޭމެން ނަރަކައަށް ނުގޮސް ސަލާމަތް ވާނީ ކިހިނެއް؟
ތިޔަބައިމީހުން ދުޢާ ދަންނަވާހިނދު އެހެނިހެން ދީންތަކުގައިވާ ފަދައިން ބޭކާރު ބަސްތައް ތަކުރާރު ކުރާ ބައެއްގެ ގޮތުގައި ނުވޭ. އެފަދަ މީހުން ހީކުރަނީ އެމީހުން ކުރާ ދުޢާ އެކަލާނގެ އައްސަވަނީ އެ ދުޢާއެއްގެ ބަސް ގިނަވީ ވަރަކުން ކަމަށް.
އެބައިމީހުން ލޯބިކުރަނީ ދީނީ މަރުކަޒުތަކުގައްޔާއި ބޮޑެތި ވެގެންވާ ޙަފުލާތަކުގައި ޚާއްޞަ ގޮނޑިތައް ލިބުމަށް.
އެމީހުން ފިރިމަރުވެފައިވާ އަންހެނުންގެ އަތުން އެމީހުންގެ ގޭގެ ފޭރިގަނޭ. އަދި މީހުންނަށް ދައްކަން ވެގެން ވަރަށް ދިގު ދުޢާތައް ކިޔާހަދާ. އެންމެ ބޮޑަށް ކުށްވެރި ކުރެވޭނީ މިފަދަ މީހުން.“
މިފަދަ ބައެއް މީހުން ގޭގެއަށް ގޮސް އެގޭގައި އުޅޭ ފާފަތަކުގެ ޝިކާރައަކަށްވެ އަދި ފާހިޝް އެދުންތަކުން ކަޅިވެފައިވާ ބަލިކަށި އަންހެނުންތައް ހައްލާލައެވެ.