Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:37 - ކިތާބުލް މުޤައްދަސާ

37 ދާއޫދުގެފާނު އެކަލޭގެފާނަށް މުޚާތަބު ކުރައްވަނީ ’⁠މާތްސާހިބާ⁠‘ ގެ ނަންފުޅުގަ. އެހެންވީމާ، އެކަލޭގެފާނު ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟⁠“ ގިނަ ޢަދަދެއްގެ މީސްތަކުން އީސާގެފާނުގެ އުނގަންނަވައިދެއްވުން އުފަލާއެކު އަޑުއަހަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:37
14 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.


ފަރީސީންނާއި ބޮޑުއިމާމުންނަށް މިވާހަކަތައް އަޑު އިވުނު ހިނދު އީސާގެފާނުގެ މިވާހަކަތައް ނިސްބަތްކުރައްވާފައި އެވަނީ އެބައިމީހުންނަށް ކަން އެނގުނެވެ.


އެހެންވެ އެކަލޭގެފާނު ހައްޔަރު ކުރެވޭނޭ ގޮތަކާއިމެދު އެބައިމީހުން ބަލަމުން ދިޔައެވެ. އެކަމަކު އާންމުން ދެކެ އެމީހުން ވަނީ ބިރުގެންފައެވެ. އެއީ އާންމުން އީސާގެފާނަކީ ނަބިއްޔެއް ކަމަށް ދެކޭތީއެވެ.


ނަމަވެސް އެމީހުންނަށް އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. އެއީ މީސްތަކުން އެކަލޭގެފާނު ކިޔަވާ ދެއްވަމުން ގެންދެވި ބަސްފުޅުތައް އަޑުއަހާ އެބަސްފުޅުތައް ގަބޫލުކޮށް އެއަށް ފަރުވާ ބަހައްޓާލެއް ބޮޑު ކަމުންނެވެ.


ހެނދުނު އިރުއެރުމާއި އެކުހެން މީސްތަކުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް ބައިތުލް މަޤްދިސްއަށް އާދެއެވެ.


އީސާގެފާނު އެތަނަށް ވަޑައިގެންނެވި ޚަބަރު ލިބުމުން ވަރަށް ގިނަ ބަޔަކު އެކަލޭގެފާނާއި، އަދި އެކަލޭގެފާނު އަލުން ދިރުއްވި ލާޒަރު ދެކެން އެގެއަށް އެއްވެފައިވިއެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.


”⁠އަހަރެންނަކީ އީސާގެފާނު! ތިޔަ ހުރިހާ އެންމެންނަށް މި ތަކެތި ބުނެދިނުމަށް މަސީޙީ ޖަމާޢަތްތަކަށް އަހަރެންގެ މަލާއިކަތާ ފޮނުއްވީމު. އަހަރެން ވަޑައިގެންނެވީ ދާއޫދުގެފާނުގެ ދަރިފަސްކޮޅުން. އަދި އަހަރެންނަކީ ފަތިހުގެ އުޖާލާވި ތަރި ވެސްމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ