Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:35 - ކިތާބުލް މުޤައްދަސާ

35 އެއަށް ފަހު އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވި ހިނދު މި ސުވާލު އެކަލޭގެފާނު ކުރެއްވިއެވެ. ”⁠އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން ފޮނުއްވޭނެ ފަރާތެއް ކަމުގައި ދީނުގެ ދަންނަބޭކަލުން އެ ބުނަނީ ކީއްވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:35
12 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.


އީސާގެފާނު އެ ސަރަހައްދު އޮތްގޮތަށް ވަޑައިގަންނަވަމުން ގެންދެވި ހިނދު، ލޯފަން ދެމީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެ ދެމީހުން އާދޭސް ކުރަމުން މިހެން ގޮވަމުން ދިޔައެވެ. ”⁠އޭ ދާއޫދު‏ގެފާނުގެ ދަރިކަލުން! އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ.⁠“


ކަޕަރުނައުމް ދޫކުރައްވާ ޖުދެއާ ސަރަހައްދަށް ވަޑައިގެން އުރުދުން ކޯރުގެ އަނެއްފަރާތަށް އީސާގެފާނު ވަޑައިގެންނެވި ހިނދު އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް އަނެއްކާވެސް އެއްވެއްޖެއެވެ. އަދި އެހެނިހެން ދަތުރުތަކެކޭ އެއްގޮތަށް އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވިއެވެ.


އެހެން ފަހަރެއްގައި އެބޭކަލުން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. އަދި އީސާގެފާނު ބައިތުލްމަޤްދިސްގެ ތެރޭގައި ހިންގަވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައެވެ.


ދުވަހުން ދުވަހަށް ބައިތުލް މަޤްދިސްގައި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން އަހަރެން ގެންދިޔައިރު ތިޔަބައިމީހުން އަހަރެން ހައްޔަރެއް ނުކުރި. އެހެނަސް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވީ ކަންތައްތައް އެގޮތުގެ މަތީން ޙަޤީޤަތަކަށް ވެގެންދާން ޖެހޭނެ.⁠“


ކޮންމެ ދުވަހަކު އެކަލޭގެފާނު ބައިތުލް މަޤްދިސްގައި ކިޔަވާދެއްވަމުން ގެންދެވިއެވެ. ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ވެރިންގެ ބޮޑެތި މީހުން އެކަލޭގެފާނު މަރާލެވޭނެ ގޮތަކާއި މެދު ވިސްނަމުން ގެންދިޔައެވެ.


އެއްދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރޭ ކިޔަވާ ދެއްވަމުން މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އަންގަވާދެއްވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންގެ ބަޔަކު ބަނީއިސްރާއީލުގެ ބޮޑުންގެ ބަޔަކާއި އެކު އެކަލޭގެފާނުގެ އަރިހަށް އައެވެ.


ކޮންމެ ދުވަހަކު ވެސް އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ކޮންމެ ރެއަކު އެކަލޭގެފާނު ޒައިތޫނި ފަރުބަދައޭ ކިޔުނު ފަރުބަދައަށް ރޭގަނޑުގެ ވަގުތު ހޭދަކުރެއްވުމަށް ވަޑައިގަންނަވައެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކިޔަވައިދިން ހުރިހާ އެއްޗެއް އަހަރެން ކިޔަވައިދިނީ ހާމަ ކަން މަތީ އެންމެންނަށް ވެސް ފެންނަގޮތަށް ދީނީ މަރުކަޒުތަކުގައި އާއި އަދި ބައިތުލް މަޤްދިސްގައި. އަހަރެން އެއްވެސް ކަމެއް ސިއްރަކުން ނުކުރަން.


ބާވައިލެއްވިގެންވާ ފޮތްތަކުގައި ސާފުކޮށް ލިޔެވިގެން ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައި. އަދި އެކަލޭގެފާނު އުފަންވާނީ ވެސް ދާއޫދުގެފާނު އުޅުއްވި ރަށް ކަމުގައިވާ ބައިތުލަޙަމުގަ ކަމަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ