Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:34 - ކިތާބުލް މުޤައްދަސާ

34 އެ މީހާގެ ބުއްދިވެރި ޖަވާބު އީސާގެފާނު ފާހަގަ ކުރައްވައި އެކަލޭގެފާނު އެ މީހާއަށް ވިދާޅުވިއެވެ. ”⁠ތިބާ ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ދުރަކުނޫން.⁠“ މިއަށް ފަހު އީސާގެފާނާއި އިތުރު ސުވާލެއް ކުރައްވާކަށް އެއްވެސް މީހަކަށް ނުކެރުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:34
10 ပူးပေါင်းရင်းမြစ်များ  

ފަރީސީނުންގެ ބޭނުމަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން އެތަން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ދިޔައެވެ. އެމީހުންގެ ތެރޭގައި ތިބި ހުރިހާ ބަލިމީހުންނަށް ޝިފާ ދެއްވިއެވެ.


އެކަލޭގެފާނު ނިކަމެތިންގެ ހިތުގައިއެއް ނުޖައްސަވާނެއެވެ. ބަލިކަށި ހޯލިކޮޅެއް ފަދަ މީހުންނާއި މެދު އެކަލޭގެފާނު މަޑުމޮޅިވެގެންވާނެއެވެ. އަލިފާން ކަންޏެއް ހާ މިންވަރުގެ އީމާންތެރިކަން ވީ މީހަކަށް ވެސް އެކަލޭގެފާނު ހިތްވަރު ދެއްވާނެއެވެ. އެކަލޭގެފާނު ކާމިޔާބު ކުރައްވައި އިންސާފު ގެނައުމަށް ދާންދެން އެކަލޭގެފާނު އެފަދައިން ކަންތައް ކުރައްވާނެއެވެ.


އީސާގެފާނުގެ އެ ސުވާލަށް އެއްވެސް މީހަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އަދި އެދުވަހަށް ފަހު އެކަލޭގެފާނާއި އިތުރަށް ސުވާލެއް ކުރެވޭހާ ހިތްވަރެއް އެބައިމީހުންނަށް ލިބިގެން ނުވިއެވެ.


ދެން އެތާ ތިބި އެކަކަށް ވެސް އެކަލޭގެފާނާއި އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.


އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަތިންނަމަ އަހަރެން މިވަނީ މަރުވެފައި. އަހަރެން އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަތީގައި މަރުވެ މިހިރީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގެ މަތީގައި ދިރިހުރުމަށްޓަކައި. އަހަރެން މިވަނީ އީސާގެފާނާއެކު ސަލީބުގައި މަރާލެވިފައި.


ހިތްގައިމުކަމާއި ޝައުގުވެރިކަން އެކުލެވޭ ގޮތުގައި އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އެމީހުންގެ ސުވާލުތަކަށް ރަނގަޅުގޮތުގައި ޖަވާބު ދެވޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ