މަރުކުސް 12:33 - ކިތާބުލް މުޤައްދަސާ33 އަދި މާތްރަސްކަލާނގެ ކިބަފުޅަށް އެމީހެއްގެ މުޅި ހިތުންނާއި އެމީހެއްގެ މުޅި ބުއްދީންނާއި އެމީހަކަށް ލިބިފައިވާ އެންމެހާ ބާރަކުން ލޯބިވާށެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން އެމީހެއްގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބިވާން ވާނެ. ޤުރުބާނީ އަށިމަތީގައި އަންދައި ނުވަތަ ހުށަހަޅާ އެހެނިހެން ޤުރުބާނީތަކަށް ވުރެން ވެސް މުހިންމު ވެގެން ވަނީ މިކަންތައްތައް.“ အခန်းကိုကြည့်ပါ။ |
އީސާގެފާނު ފުރަތަމަ ވިދާޅުވީ މިހެންނެވެ. ”ފާފައިގެ ކައްފާރާއެއްގެ ގޮތުން ކުރެވޭ ޤުރުބާނީތަކާއި، ޖަނަވާރުތައް ކަތިލައިގެންނާއި އަންދައިގެންނާއި އަދި އެނޫންވެސް ގޮތްގޮތުން ކުރެވޭ އެފަދަ ޤުރުބާނީތަކަށް، އިނބަރަސްކަލާނގެ ބޭނުންފުޅުވެ އެކަމާ ރުހިވޮޑިގެންނެއް ނުވަމުއެވެ.“ އެކަލޭގެފާނު މިހެން ވިދާޅުވީ މިހުރިހާ ކަންތައް އަމުރުކުރެވިފައިވާ ގޮތަށް ކަންވެ ނިމިފައިވާ ހިނދުގައި ވެސްމެއެވެ.
އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު.