މަރުކުސް 12:32 - ކިތާބުލް މުޤައްދަސާ32 ދީނުގެ މި ދަންނަބޭކަލާ އީސާގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު، ވަރަށްފުރިހަމަ! ތިޔަ ވިދާޅުވެދެއްވީ ވަރަށް ބޮޑު ތެދުފުޅެއް. މާތްރަސްކަލާނގެ ފިޔަވައި އެއްކައުވަންތަ އެހެން އެއްވެސް ފަރާތެއް ނުވޭ. އަދި މާތްރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ކަލާނގެއެއް ނުވޭމެ. အခန်းကိုကြည့်ပါ။ |
އަދި މާތްރަސްކަލާނގެ ކިބަފުޅަށް އެމީހެއްގެ މުޅި ހިތުންނާއި އެމީހެއްގެ މުޅި ބުއްދީންނާއި އެމީހަކަށް ލިބިފައިވާ އެންމެހާ ބާރަކުން ލޯބިވާށެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން އެމީހެއްގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބިވާން ވާނެ. ޤުރުބާނީ އަށިމަތީގައި އަންދައި ނުވަތަ ހުށަހަޅާ އެހެނިހެން ޤުރުބާނީތަކަށް ވުރެން ވެސް މުހިންމު ވެގެން ވަނީ މިކަންތައްތައް.“