Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:31 - ކިތާބުލް މުޤައްދަސާ

31 ހަމަ މިއާއި އެއްފަދައިން ދެވަނައަށް އެންމެ މުހިންމު އަމުރުފުޅަކީ މިއީ: ’⁠ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވާށޭ.⁠‘ މިއަށް ވުރެން މަތިވެރި ވެގެންވާ އަމުރުފުޅުތަކެއް ނުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:31
15 ပူးပေါင်းရင်းမြစ်များ  

އަދި ދެވަނަ އަމުރުފުޅަކީ ފުރަތަމަ އަމުރުފުޅެކޭ ދާދި އެއްފަދަ އަމުރުފުޅެއް. އެއީ ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވުން.


”⁠ތިޔަބައިމީހުން އެހެން މީހުންނާ މެދު ކަންތައް ކުރަން ވާނީ އެހެން މީހުން ތިޔަބައިމީހުންނާއި މެދު ކަންތައް ކުރަން ތިޔަބައިމީހުން އެދޭ ފަދަ ގޮތެއްގައި. ތައުރާތުއާއި ނަބީބޭކަލުންގެ އެހެނިހެން ލިޔުއްވުންތަކުގެ އަސާސަކީ މިއީ.⁠“


ދީނުގެ މި ދަންނަބޭކަލާ އީސާގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، ވަރަށްފުރިހަމަ! ތިޔަ ވިދާޅުވެދެއްވީ ވަރަށް ބޮޑު ތެދުފުޅެއް. މާތްރަސްކަލާނގެ ފިޔަވައި އެއްކައުވަންތަ އެހެން އެއްވެސް ފަރާތެއް ނުވޭ. އަދި މާތްރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ކަލާނގެއެއް ނުވޭމެ.


މިމީހާ ޖަވާބުގައި ބުންޏެވެ. ”⁠އެފޮތްތަކުގައި ލިޔެވިގެން ވަނީ: ’⁠އެއްކައުވަންތަ ކަލޭމެންގެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް ކަލޭގެ މުޅި ހިތާއި މުޅި ފުރާނައާއި ވާހާ ބާރަކާއި ހުރިހާ ބުއްދިންމެ ލޯބި ވާށޭ. އަދި ކަލޭގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބި ވާށޭ.⁠‘⁠“


އެ ހުރިހާ އަމުރުފުޅުތަކެއް އެންމެ އަމުރުފުޅަކުން ފުރިހަމަވެއެވެ. އެއީ ”⁠ކަލޭގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭ ވެސް އަނެއްމީހާ ދެކެ ލޯބިވާށޭ⁠“ މިއެވެ.


އަދި އީސާގެފާނު އަހަރެމެންނަށް އަމުރު ކުރައްވާފައި ވަނީ އަހަރެމެން މާތްކަލާނގެއާ މެދުގައި ލޮބުވެތި ވާނަމަ އެކަލޭގެފާނަށް ތަބާވާ އަހަރެމެންގެ އަޚުންނާ އުޚުތުންނާމެދު ވެސް ލޮބުވެތި ވާން ވާނެ ކަމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ