Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:28 - ކިތާބުލް މުޤައްދަސާ

28 ފާއިތުވެދިޔަ ބަހުސްތަކުގެ ވާހަކަ އަޑުއެހުމަށް ދީނުގެ ދަންނަބޭކަލަކު އެތަނަށް އައެވެ. އަދި އީސާގެފާނު ސާދުސީންނަށް ދެއްވި ޖަވާބުގެ ފުރިހަމަކަން އެނގިހުރެމެ އެކަލޭގެފާނާއި މި ސުވާލު ކުރެއްވިއެވެ. ”⁠މާތްރަސްކަލާނގެ އަމުރުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު ވެގެން ވަނީ ކޮން އަމުރުފުޅެއް؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:28
8 ပူးပေါင်းရင်းမြစ်များ  

އެމީހާ ދެންނެވިއެވެ. ”⁠އެއީ ކޮން އަމުރުފުޅުތަކެއްތޯ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މީހުން ނުމަރާތި. ޒިނޭ ނުކުރާތި. ވައްކަން ނުކުރާތި. ދޮގުހެކި ނުދޭތި.


ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެންގެ އާމްދަނީގެ ތެރެއިން ނުވަތަ ކަލޭމެންގެ ހަވާދު ދަނޑުގައިވާ ކުދީނާ އާއި ދަމުއި އާއި ދިރީގެ ބާވަތްތަކުން ވިޔަސް ދިހަބައިކުޅަ އެއްބައި މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަކުރައްވައި ކަލޭމެން ހުށަހަޅަން. ނަމަވެސް ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އުނގަންނައިދިނުންތައް ކަމުގައިވާ އިންސާފާއި، ރަޙުމަތާއި، ތެދުވެރިކަމާއިމެދު ކަލޭމެން ވަނީ އުރެދިފަ. ކަލޭމެންގެ ތަކެތިން ދިހަބައިކޮއް އެއްބައި ދިނުމަކީ ކުރަންޖެހޭނެ ކަމެއް. އެހެންވިޔަސް އެއީ އެއަށްވުރެ މުހިންމު ކަންތައްތައް ނުކޮށެއް ނޫން.


ވުމާއެކު، މާތްރަސްކަލާނގެ އަމުރުފުޅުތަކުގެ ތެރެއިން އެންމެ ކުޑަ އަމުރުފުޅަކާއިމެދު ވެސް އިންކާރުކޮށް ކިޔަމަންނުވެ، އަދި އެއަމުރުފުޅަށް އިންކާރުކުރުމަށް މީސްތަކުންނަށް އުނގަންނައިދޭ މީހާއީ، މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ ދަށުދަރައިޖައިގައި ވާނޭ ފަރާތެއް. އެކަމަކު އެންމެހާ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ އަދި މީސްތަކުންނަށް އެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމަށް އުނގަންނައިދޭ މީހާއީ މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ މަތިވެރި މީހާ.


އަދި އެދުވަހު އެބޭކަލުން ފަރުބަދަމަތިން ތިރިއަށް ފައިބައިގެން އައިރު ގިނަ ޢަދަދެއްގެ ބަޔަކު އެހެނިހެން އަސްޙާބީންގެ ވަށައިގެން ތިބިތަން އެބޭކަލުންނަށް ފެނުނެވެ. އަދި ދީނުގެ ބައެއް ދަންނަބޭކަލުން އެ އަސްޙާބީންނާއި ޒުވާބު ދެމުން ދިޔައެވެ.


ކަލޭމެން ފަރީސީނުގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން ގެ އާމްދަނީން ދިހަބައިކުޅަ އެއްބައި ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށްޓަކައި ހޭދަކުރޭ. އަދި މުހިންމު ނޫން އެތައް ކުދި ކުދި ކަންތައްތަކެއް ކުރުމަށް ކަލޭމެން ވަރަށް ފަރުވާ ބަހައްޓާ. އެކަމަކު ކަލޭމެން މީސްތަކުންނާ ދޭތެރޭ އެއްވެސް އިންސާފެއް ނުބަހައްޓާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކަލޭމެން އެއްވެސް ލޯތްބެއް ނުވޭ. ކަލޭމެން ކުރަންވީކަމަކީ ފަހުން މިބުނިކަންތައް ފަރުވާތެރިކަމާއި އެކު ކޮށް ކުރިން ކުރަމުން ތިޔަ ގެންދިޔަ ކަންތައް ހުއްޓާނުލާ ކުރިއަށް ގެންދަންވީ.


އެތާ ތިބި ބައެއް ދީނުގެ ދަންނަބޭކަލުން ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވީ ވަރަށް ވެސް ފުރިހަމަ ބަސްފުޅުތަކެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ