Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:26 - ކިތާބުލް މުޤައްދަސާ

26 މިހާރު ތިޔަބައިމީހުންނަށް ބުނެދެންވީ މަރުވުމަށް ފަހު އަލުން ދިރުއްވުމާއިމެދު: މޫސާގެފާނަށް ބާވައިލެއްވި ފޮތްކޮޅުގައިވާ ފަތްފުށްތަކުގެ ތެރެއިން ހުޅުހިފާފައިވި ގޮތުގައި ދެއްކެވި ނަމަވެސް އަނދައިގެން ނުދާ ގަހުގެ ވާހަކަތަކާއި މެދުގައިވާ ފަތްފުށްތައް ތިޔަބައިމީހުން ނުކިޔަމުތަ؟ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވުމުން އެ ފަތްފުށްތަކުގައި ލިޔެވިގެން ވަނީ، ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނުގެ ވެސް ކަލާނގެއޭ. އަދި ޔަޢުޤޫބުގެފާނުގެ ވެސް ކަލާނގެއޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:26
16 ပူးပေါင်းရင်းမြစ်များ  

އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބައްޕަ އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްކަލާނގެ. ތިބާގެ މި ހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު.


ނަމަވެސް އަހަރެންގެ ކާފަ އިބްރާހީމްގެފާނާއި އަހަރެންގެ ބައްޕަ އިސްޙާޤުގެފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ އަހަންނާއެކުގައި ނުވާނަމަ ތިބާ އަހަރެން ފޮނުވާލާނީ ހުސްއަތާ. ނަމަވެސް މާތްކަލާނގެ އަހަރެން ކުރި ބުރަ މަސައްކަތާއި ތިބާގެ އަނިޔާވެރިކަން ބައްލަވާވޮޑިގެންނެވި. ތިބާއަށް ރޭ ފެނުނު ހުވަފެނުގައި އެކަލާނގެ ތިބާގެ ނުބައިކަން އަންގަވައިދެއްވީ އެހެންވެ.⁠“


ދެން ޔަޢުޤޫބުގެފާނު މާތްކަލާނގެއަށް މިފަދައިން ދުޢާ ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެއީ އަޅާގެ ކާފައާއި އަދި އަޅާގެ ބައްޕަގެ ވެސް ވެރި ރަސްކަލާނގެ މާތްކަލާނގެ! މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ އަޅުގެ ރަށަށާއި އަޅާގެ ގާތްތިމާގެ މީހުންގެ ގާތަށް އެނބުރި ދިއުމަށް ވަޙީކުރެއްވީ އިނބަ ރަސްކަލާނގެ. އަދި އިނބަރަސްކަލާނގެ އަޅާގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާނޭކަމުގެ ވަޢުދުވެވޮޑިގެންނެވީމު.


އެއަށް ފަހު އެތަނުގައި ޤުރުބާން ކުރުމަށް ހުންނަ ޚާއްސަ އައްޓެއް ހައްދަވައި ”⁠އީލު އިލާހު އިސްރާއީލު⁠“ ގެ ނަމުން އެ އައްޓަށް ނަން ދެއްވިއެވެ.


ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’⁠ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”⁠ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ.


ތިޔަބައިމީހުން މުޤައްދަސް ފަތްފުށްތަކުން މިއެއް ނުކިޔަމުތަ؟ ’⁠ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ އެންމެ މުހިންމު ބިންގާ ކަމުގައި ވެއްޖޭ.


އެހެނީ، މާތްކަލާނގެ އަލުން މީހަކަށް ފުރާނަ ދެއްވުމުން އެމީހަކު ވާނީ އުޑުގެ މަލާއިކަތެއް ފަދައިން. އެމީހުން ކައިވެނިކޮށެއް ނަހަދާނެ.


މޫސާގެފާނު ވެސް މަރުވުމަށް ފަހު މީހުން ދިރުއްވޭނެ ކަން އެންގެވި. އެއީ އެކަލޭގެފާނު ހުޅުހިފާފާ ވީ ނަމަވެސް އެގަހެއް އަނދައިގެން ނުދިޔަ ގަހުގެ ވާހަކަ ވިދާޅުވެ ދެއްވި އިރު މަތިވެރި މާތްރަސްކަލާނގެއަށް އިބްރާހީމްގެފާނުގެ ކަލާނގެއޭ، އިސްޙާޤުގެފާނުގެ ކަލާނގެއޭ އަދި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ މުޚާޠަބު ކުރެއްވި.


”⁠އަހަރެން ހިފަހައްޓަން ނޫޅޭ!⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ