Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:24 - ކިތާބުލް މުޤައްދަސާ

24 އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުން ތިތިބީ އޮޅުމެއްގެ ތެރޭގައެއް ނޫންތަ! އެހެނީ ތިޔަބައިމީހުންނަކަށް މުޤައްދަސް ފޮތުގައިވާ އެއްޗެއް ނުވެސް އެނގޭމެ. އަދި ތިޔަބައިމީހުންނަކަށް މާތްކަލާނގެ ގަދަބާރުފުޅެއް ވެސް ނުމެ އެނގޭމެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:24
25 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުން ތިތިބީ އޮޅުމެއްގެ ތެރޭގައި! އެހެނީ ތިޔަބައިމީހުންނަކަށް މުޤައްދަސް ފޮތުގައިވާ އެއްޗެއް ނުވެސް އެނގޭ. އަދި ތިޔަބައިމީހުންނަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ވެސް ނޭނގޭ.


އީސާގެފާނު އެބޭކަލުންނަށް ބައްލަވަން ހުންނަވާފައި ވިދާޅުވިއެވެ. ”⁠މިއީ އިންސާނުންނަށް ނުކުޅެދިގެންވާ ފަދަ ކަމެއް. ނަމަވެސް މާތްރަސްކަލާނގެ ކިބަފުޅަށް އެއްވެސް ކަމެއް ނުކުޅެދިގެންނުވޭ. އެކަލާނގެއީ އެންމެހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ.⁠“


ވީއިރު ޤިޔާމަތް ދުވަހުން މި އަންހެނާ ވާނީ ކާކުގެ އަނތްބަކަށްތޯ؟ އެ ހަތްބެއިން ވެސް ވަނީ މި އަންހެނާއާއި ކައިވެނިކޮށްފައި.⁠“


އެހެނީ، މާތްކަލާނގެ އަލުން މީހަކަށް ފުރާނަ ދެއްވުމުން އެމީހަކު ވާނީ އުޑުގެ މަލާއިކަތެއް ފަދައިން. އެމީހުން ކައިވެނިކޮށެއް ނަހަދާނެ.


ފަހެ ހުރިހާ ކަމަކީ ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަންތައްތައް.⁠“


އޭރު އަދި ޕަތަރަސްއަށާއި އަނެއް އަސްޙާބީއަކަށް އީސާގެފާނު އަލުން ދިރިވަޑައިގަންނަވާނެ ކަމަށް ބާވައިލެއްވި ފޮތްކޮޅުތަކުގައި ލިޔެވިގެންވާ ކަމެއް ނޭނގެއެވެ.


ކަލޭމެން މާތްރަސްކަލާނގެ މުޤައްދަސް ފަތްފުށްތައް ކިޔަވާ އެފޮތްތައް ދަސްކޮށް ހަދާ! ކަލޭމެން އެފޮތްތައް ކިޔަވަނީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެދި. އެކަމަކު އެފޮތްތަކުގައި ލިޔެވިގެން ވަނީ ހަމަ އަހަރެންނާ ބޭހޭގޮތުން.


ތިސަލޯނިކާގައި ވީ ބަނީއިސްރާއީލު މީހުންނަށް ވުރެ މި ރަށުގައި ވީ ބަނީއިސްރާއީލު މީހުންގެ އަދަބާ އަޚުލާގު މާ ރަނގަޅެވެ. އެއީ އެމީހުން ޕައުލް އަންގާދެމުން ދިޔަ ބަސްތައް ވަރަށް ޝައުޤުވެރިކަމާއި އެކު ކަނުލާ އަޑުއަހާ އަދި ކޮންމެ ދުވަހަކު މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްކޮޅު ކިޔާ ޕައުލް އެ ބުނާ ބަސްތަކަކީ ތެދުތޯ ބަލާ ހޯދާ ވެސް ހެދިއެވެ.


އަދި އަހަރެމެން ފަދައިން އެކަލާނގެ ކިބަފުޅަށް އީމާންވާ ފަރާތްތަކަށް އެކަލާނގެ ދެއްވާ މަތިވެރި ބާރު ތިޔަބައިމީހުން އުނގެނިގަތުމަށް ވެސް އަހަރެން ދުޢާ ދަންނަވަމެވެ. މިބާރު އަހަރެމެންގެ ތެރޭގައި މަސައްކަތް ކުރަމުން ދަނީ އެކަލާނގެ އިލާހުވަންތަކަމުގެ ކުޅަދުންވަންތަ ކަމާއި އެއްފަދައިންނެވެ.


އަދި ހުރިހާ ކަމެއް އެކަލޭގެފާނުގެ ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ބާރުފުޅުން އެކަލޭގެފާނު އަހަރެމެންގެ މި ބަލިކަށި ހަށިތައް އެކަލޭގެފާނުގެ އުޖާލާ ހަށިކޮޅެކޭ އެއްފަދައިން ހައްދަވައި ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ