Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:2 - ކިތާބުލް މުޤައްދަސާ

2 މޭބިސްކަދުރު މޫސުމް އައުމުން ކުއްޔަށް ދީފައިވާ މީހުންގެ ގާތަށް ވެރިމީހާ އޭނާގެ ނޯކަރު ފޮނުވި. އެއީ މޭބިސްކަދުރު ވެޔޮތަކުން ވެރިމީހާއަށް ލިބެންޖެހޭ ބައި ހޯދުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:2
18 ပူးပေါင်းရင်းမြစ်များ  

ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އައުމުން އެ ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް ދަނޑު ކުއްޔަށް ހިފައިގެން އުޅޭ ދަނޑުވެރިންގެ ކައިރިއަށް އޭނާގެ ނޯކަރުން ފޮނުވި.


އެއަށް ފަހު އީސާގެފާނު މި މާނަފުން ވާހަކައިން އެބައިމީހުންނާއި މުޚާތަބު ކުރައްވަމުން ގެންދެވިއެވެ. ”⁠އެއްދުވަސްވަރެއްގައި މީހަކު އޭނާގެ ދަނޑުގައި މޭބިސްކަދުރުގެ ވެޔޮތަކެއް ހެއްދުމަށް ފަހު އެ ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި އެވެޔޮތަކުގެ ކައިރީ މޭބިސްކަދުރު ދިޔަފެލައި އަޅާނެ ބޮޑު ވަޅެއް ހެދި. އަދި އެވެޔޮތައް ބެލެހެއްޓުމަށްޓަކައި ބުރުޒެއް ވެސް ބިނާކުރި. އެއަށް ފަހު އެވެޔޮތައް ހެއްދިފައިވީ ދަނޑު، ބަޔަކަށް ކުއްޔަށް ދިނުމަށް ފަހު ދަތުރުވަރިއެއްގައި ދަނޑުވެރިޔާ ފުރައިގެން ދިޔަ.


އެހެނަސް ދަނޑު ކުއްޔަށް ހިފައިގެން އުޅޭ މީހުން ނޯކަރުމީހާގެ ގައިގައި ތަޅާ ރޯނާގެންނެވުމަށް އެއްވެސް އެއްޗެއް ނުދީ ހުސްއަތާ އޭނާ ފޮނުވާލި.


ނަމަވެސް އެކަންތައް ކުރެވެނީ ގޯސްކޮށް ކަން ނޭނގި ކަންތައްކުރާ މީހަކަށް ދެވޭ އަދަބު ކުޑަވާނެ. ގިނައިން ދެވިފައިވާ މީހެއްގެ އަތުން ލިބެންވާ ވަރު ވެސް ބޮޑުވާނެ. އަދި ގިނައިން ހަވާލު ކުރެވިފައިވާ މީހެއްގެ އަތުން އަތުލެވޭ ވަރު ވެސް ބޮޑުވާނެ.⁠“


ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އޭނާ އޭނާގެ ނޯކަރަކު އެމީހުންގެ ކައިރިއަށް ފޮނުވި. އެއީ އޭނާއަށް އެދަނޑުން ލިބެންވާ މޭބިސްކަދުރުގެ ބައި ހޯދުމަށް. ނަމަވެސް އެދަނޑު ކުއްޔަށް ހިފި މީހުން މި ނޯކަރު މީހާ ގައިގައި ތަޅާ އަނިޔާ ކޮށްފައި ހުސް އަތާ ފޮނުވާލި.


އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ބަސްފުޅު ވަޙީ ކުރައްވާފައި ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައެވެ. މި ގޮތަށް އެތައް ފަހަރަކު އެތައް ގޮތަކަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ