Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:17 - ކިތާބުލް މުޤައްދަސާ

17 އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރު ރަސްގެފާނަށް މިލްކުވެގެންވާ ތަކެތި އެ ރަސްގެފާނަށް ދީ. އަދި މާތްރަސްކަލާނގެއަށް މިލްކުވެގެންވީ ތަކެތި އެކަލާނގެއަށް ހުށަހަޅާ.⁠“ އަދި އެބައިމީހުން އީސާގެފާނާއިމެދު އަޖައިބުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:17
22 ပူးပေါင်းရင်းမြစ်များ  

އޭ ދަރިފުޅާއެވެ! ކަލޯގެ ހިތް އަހަންނަށް ދޭށެވެ. އުފަލާއެކު މަގޭ ނަމޫނާގައި ހިފާށެވެ.


މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ.


އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠ކައިސަރުގެ.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރުގެ ތަކެތި ކައިސަރުއަށް ދީ. މާތްރަސްކަލާނގެ ކިބަފުޅަށް މިލްކުވެގެންވީ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށަހަޅާ.⁠“


އީސާގެފާނު ވިދާޅުވި އެ ބަސްފުޅު އެބައިމީހުންނަށް އިވުމުން އެބައިމީހުން އަޖައިބު ވިއެވެ. އަދި އެކަލޭގެފާނު ދޫކުރައްވާ އެތަނުން ދުރަށް ދިޔައެވެ.


އެބައިމީހުންނަށް މި ބަސްފުޅު އިވުނު ހިނދު، އީސާގެފާނުގެ އުނގަންނަވައި ދެއްވުންތަކާއި މެދު އެބައިމީހުން އަޖައިބުވިއެވެ.


އީސާގެފާނުގެ އެ ސުވާލަށް އެއްވެސް މީހަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އަދި އެދުވަހަށް ފަހު އެކަލޭގެފާނާއި އިތުރަށް ސުވާލެއް ކުރެވޭހާ ހިތްވަރެއް އެބައިމީހުންނަށް ލިބިގެން ނުވިއެވެ.


މިވާހަކަތައް އީސާގެފާނު އަޑުއައްސަވައި އެކަލޭގެފާނު ޙައިރާންވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ދިމާލަށް އެނބުރި ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް މިވަރުގެ އީމާންކަން ހުރި މީހަކު އަހަރެން ނުދެކެން!


އެބައިމީހުން އެކަލޭގެފާނަށް ފައިސާފޮއްޗެއް ގެނެސްދެއްވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މީގައިމިވަނީ ކާކުގެ ތަސްވީރަކާއި ލަގަބެއް ލިޔެވިފަ؟⁠“ އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠ކައިސަރު ރަސްގެފާނުގެ.⁠“


ތިބާގެ ސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ތިބާގެ މުޅި ހިތުންނާއި، ތިބާގެ މުޅި ފުރާނައިންނާއި، ތިބާގެ މުޅި ބުއްދީންނާއި އަދި ތިބާގެ ގައިހުރި ހުރިހާ ބާރަކުން ވެސް ލޯބިވާށޭ.⁠‘


އީސާގެފާނު ވިދާޅުވި. ”⁠ވީއިރު ކައިސަރު ރަސްގެފާނުގެ އެއްޗެތި އެރަސްގެފާނަށް ދީ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ވާ ތަކެތި އެކަލާނގެ ކިބަފުޅަށް ދީ.⁠“


އެންމެހައި މީސްތަކުންނަށް އިޙްތިރާމް ކުރާށެވެ. މަސީޙީ އުންމަތުގައިވާ ހުރިހާ އެންމެންނާއިމެދު އަޚުވަންތަ ގުޅުމަކުން ލޯބިވާށެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވާށެވެ. އަހަރެމެން އެންމެންގެ ރަސްގެފާނަށް ޤަދަރު ކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ