މަރުކުސް 12:15 - ކިތާބުލް މުޤައްދަސާ15 އީސާގެފާނަށް އެބައިމީހުންގެ މި މަކަރުވެރިކަން އެނގިވަޑައިގަންނަވާ ޖަވާބު ދެއްވިއެވެ. ”ކަލޭމެން އަހަރެން މަޅިއެއްގައި ޖެއްސުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެ؟ އަހަރެންނަށް ރޯމަނުންގެ ފައިސާ ފޮއްޗެއް ދައްކަބަލަ. އޭރުން އަހަރެން ކަލޭމެންނަށް ބުނެދޭނަން.“ အခန်းကိုကြည့်ပါ။ |
އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރިއެވެ. ”އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް. މިހެން ކަމުގައިވާނަމަ ރޯމު ސަރުކާރަށް ޓެކްސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟ އަޅުގަނޑުމެން އެފަދައިން ޓެކްސް ދައްކަން ޖެހޭނެތަ؟ ނޫނީ ނުޖެހޭނެތަ؟“
އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!“
ޕަތަރަސް އޭނާއަށް ބުންޏެވެ. ”ކަލޭމެން ދެމީހުން އެއްބަސްވެ އަޅެ ތި ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭމެން ދެމީހުން އެއްބަސްވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އަޖުމަ ބެލުމަށް ތިޔަ ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭގެ ފިރިމީހާ އަނާނިޔާހު ވަޅުލި މީހުން އެ ތިބަ އައިސް ވަންނަނީ. އެމީހުން ކަލޭ ވެސް ގެންދާނެ.“
އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.