Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:12 - ކިތާބުލް މުޤައްދަސާ

12 ދީނުގެ ދަންނަބޭކަލުންނާއި އިސްވެރިން އީސާގެފާނު ހައްޔަރުކުރަން ބޭނުންވިއެވެ. ސަބަބަކީ މިމާނަފުން ވާހަކަފުޅު ވިދާޅުވުމުގައި އެކަލޭގެފާނު ނިސްބަތްކުރެއްވީ އެބައިމީހުންނަށް ކަން އެނގުމުންނެވެ. ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ސަބަބުން ބިރުން އެކަލޭގެފާނު ދޫކޮށް އެބައިމީހުން ދިޔައީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:12
13 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެއީ އިންސާނެއްގެ ފަރާތުން ކަމުގައި އަހަރެމެން ބުނެފިނަމަ މީސްތަކުން ކޮށްފާނޭ ކަމަކާއި މެދު އަހަރެމެން ބިރުގަނޭ. އެހެނީ އެމީހުން އެންމެން ޔަޙުޔާ އަކީ ނަބީބޭކަލެއްކަމުގައި ގަބޫލު ކުރޭ.⁠“


އީސާގެފާނު ވިދާޅުވި އެ ބަސްފުޅު އެބައިމީހުންނަށް އިވުމުން އެބައިމީހުން އަޖައިބު ވިއެވެ. އަދި އެކަލޭގެފާނު ދޫކުރައްވާ އެތަނުން ދުރަށް ދިޔައެވެ.


ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް މި ޚަބަރު އިވި އެބައިމީހުން އީސާގެފާނު އަވަހާރަ ކޮށްލާނެ ގޮތެއް ހޯދަމުން ގެންދިޔައެވެ. އެބައިމީހުން އެކަލޭގެފާނުދެކެ ބިރުގަނެއެވެ. ސަބަބަކީ އެކަލޭގެފާނުގެ އުނގަންވައި ދެއްވުމާއިމެދު އެއްމެހައި މީސްތަކުން އަޖައިބު ކުރުވާތީއެވެ.


މިތިބަ މީސްތަކުންނަށް ޔަޙުޔާގެފާނަކީ ރަސޫލު ބޭކަލެއްކަން އެނގޭއިރު ޔަޙުޔާގެފާނަށް އެ ޙައްޤު ދެއްވީ އިންސާނެކޭ އަހަރެމެންނަކަށް ނުބުނެވޭނެ.⁠“ އެބައިމީހުން ތިބީ މީސްތަކުން ދެކެ ބިރުންނެވެ.


ދެން ދީނުގެ ދަންނަބޭކަލުންނާއި ބޮޑު އިމާމުން އެކަލޭގެފާނު ވަގުތުން ހައްޔަރު ކުރެވޭނެ ގޮތެއް ވޭތޯ ބެލިއެވެ. އެއީ އެކަލޭގެފާނު އެ ވިދާޅުވި މާނަފުން ވާހަކައަކީ އެމީހުންނާއި ބެހޭގޮތުން ވިދާޅުވި ވާހަކައެއް ކަން އެމީހުންނަށް އެނގުމުންނެވެ. ނަމަވެސް މީހުންނަށް ބިރުން އެމީހުންނަކަށް އެކަލޭގެފާނު ހައްޔަރު ކުރާކަށް ނުކެރުނެވެ.


އަދި އޭނާ އެކަންކުރީ މީހަކު ކުރި އަމުރަކަށޭ ބުނެފި ނަމަ މީސްތަކުން އަހަރެމެން ގައިގައި އޮށްގަލުން ތަޅާނެ. އެއީ ޔަޙުޔާގެފާނަކީ ރަސޫލުބޭކަލެއް ކަން އެމީހުންނަށް ޔަޤީންވޭ.⁠“


އެތާނގައި ތިބި ޖެރޫސަލަމުގައި އުޅޭ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އެމީހުން މަރާލަން އެ އުޅެނީ މި މީހާދޯ؟


އީސާގެފާނު މިހެން ވިދާޅުވުމާއި އެކު އެތާނގައި ތިބި މީސްތަކުން އެކަލޭގެފާނު ހިފައި ހައްޔަރުކުރުމަށް އުޅެގަތެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގައިކޮޅަކު އަތެއް ނުލެވުނެވެ. އެއީ އަދި އެކަމުގެ ވަގުތު ނުޖެހޭތީއެވެ.


އޭގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ހައްޔަރު ކުރުމަށް އުޅުނެވެ. ނަމަވެސް އޭގެތެރެއިން އެކަކު ވެސް އެކަމެއް ނުކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ