Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:10 - ކިތާބުލް މުޤައްދަސާ

10 ތިޔަބައިމީހުން މުޤައްދަސް ފަތްފުށްތަކުން މިއެއް ނުކިޔަމުތަ؟ ’⁠ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ އެންމެ މުހިންމު ބިންގާ ކަމުގައި ވެއްޖޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:10
17 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟


އެމީހުންނަށް އެކަލޭގެފާނު ޖަވާބު ދިނެވެ. ”⁠މި ކާއިނާތު ފުރަތަމަ އުފެއްދެވި ހިނދު މާތްރަސްކަލާނގެ އިންސާނުންގެ ގޮތުގައި ފިރިހެނަކާއި އަންހެނަކު އުފެއްދެވި ކަން ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާން ކުރައްވާފައިވާކަން ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ކިޔާފައި.


އެމީހުން އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”⁠އެ ކުޑަކުދިން އެ ކިޔާއެއްޗެތި ކަލެއަށް އިވޭތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އާނ. ބާވައިލެއްވި ފަތްފުށްތަކުގައި މިފަދައިން ލިޔެވިފައިވާތީ އަޑެއް ނާހަންތަ؟ ’⁠ކުޑަކުދިންނާއި ތުއްތު ކުދިންނަށް އިނބަރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ދެންނެވުމަށް އުނގަންނަވައި ދެއްވި.⁠‘⁠“


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ފަތްފުށްތަކުގައި ބަޔާންވެގެންވާ ބަޔާން ކުރެއްވުން ކިޔާފަ. ’⁠ރާނާ މީހުން ބަލައިނުގަނެ އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖޭ. މިއީ މާތްރަސްކަލާނގެ ކުރައްވާ ކަންކަމޭ. މިއީ ކޮންފަދަ ޙައިރާން ކުރުވަނިވި ކަމެއް ހޭ؟⁠‘⁠“


ނިޔާވުމަށް ފަހު ދިރިދުނިޔެއަށް އައުމާމެދު މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލައްވާފައިވާ ފޮތް ތިޔަބައިމީހުން ވާނީ ހަމަ ޔަޤީނުން ވެސް ކިޔާފައި.


މިހާރު ތިޔަބައިމީހުންނަށް ބުނެދެންވީ މަރުވުމަށް ފަހު އަލުން ދިރުއްވުމާއިމެދު: މޫސާގެފާނަށް ބާވައިލެއްވި ފޮތްކޮޅުގައިވާ ފަތްފުށްތަކުގެ ތެރެއިން ހުޅުހިފާފައިވި ގޮތުގައި ދެއްކެވި ނަމަވެސް އަނދައިގެން ނުދާ ގަހުގެ ވާހަކަތަކާއި މެދުގައިވާ ފަތްފުށްތައް ތިޔަބައިމީހުން ނުކިޔަމުތަ؟ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވުމުން އެ ފަތްފުށްތަކުގައި ލިޔެވިގެން ވަނީ، ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނުގެ ވެސް ކަލާނގެއޭ. އަދި ޔަޢުޤޫބުގެފާނުގެ ވެސް ކަލާނގެއޭ.⁠‘


މި ޙާލަތުގައި މޭބިސްކަދުރު ދަނޑުގެ ވެރިޔާ އަމަލުކުރާނީ ކިހިނެއް؟⁠“ އީސާގެފާނު އެބައިމީހުންނާއި ސުވާލު ކުރެއްވިއެވެ. ”⁠ޔަޤީނުން ވެސް ދަނޑުގެ ވެރިމީހާ، ކުއްޔަށްދީފައިވާ މީހުންގެ ގާތަށް ދާނެ. އަދި އެ މީހުން މަރާލާނެ. އެއަށް ފަހު އޭނާ އެ ދަނޑު އެހެންބަޔަކަށް ކުއްޔަށްދޭނެ.


އެދުވަހުން މުޤައްދަސް ބިނާގައި ތާހިރުވެގެން ނުވާފަދަ ލާދީނީ ފަރާތެއްގެ ބިރުވެރިކަން ފެނިގެންދާނެ. (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!) ދެން އެ ދުވަހުން ޖުދެއާ ކަރައިގައި ތިބި ހުރިހާ އެންމެން ފަރުބަދަތަކާއި ދިމާއަށް ފިލަން ދުވާނެ.


އީސާގެފާނު އެމީހުންނަށް ޖަވާބުދެއްވިއެވެ. ”⁠ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟


އީސާގެފާނު އެމީހުންނަށް ޖަވާބުދެއްވިއެވެ. ”⁠ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިފުޅުވެ ވަޑައިގެން ކުރެއްވި ކަންތަކުގެ ވާހަކަ ކަލޭމެން ނުކިޔަން ތަ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ