Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 12:1 - ކިތާބުލް މުޤައްދަސާ

1 އެއަށް ފަހު އީސާގެފާނު މި މާނަފުން ވާހަކައިން އެބައިމީހުންނާއި މުޚާތަބު ކުރައްވަމުން ގެންދެވިއެވެ. ”⁠އެއްދުވަސްވަރެއްގައި މީހަކު އޭނާގެ ދަނޑުގައި މޭބިސްކަދުރުގެ ވެޔޮތަކެއް ހެއްދުމަށް ފަހު އެ ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި އެވެޔޮތަކުގެ ކައިރީ މޭބިސްކަދުރު ދިޔަފެލައި އަޅާނެ ބޮޑު ވަޅެއް ހެދި. އަދި އެވެޔޮތައް ބެލެހެއްޓުމަށްޓަކައި ބުރުޒެއް ވެސް ބިނާކުރި. އެއަށް ފަހު އެވެޔޮތައް ހެއްދިފައިވީ ދަނޑު، ބަޔަކަށް ކުއްޔަށް ދިނުމަށް ފަހު ދަތުރުވަރިއެއްގައި ދަނޑުވެރިޔާ ފުރައިގެން ދިޔަ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 12:1
38 ပူးပေါင်းရင်းမြစ်များ  

އަދި އެކަލޭގެފާނު ގިނަ ކަންތައްތަކެއްގެ ޚަބަރުފުޅުތައް އެބައިމީހުންނަށް މާނަފުން ވާހަކަފުޅުތަކުން އުންގަންނަވައިދެއްވިއެވެ. އެގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަނޑުވެރިއަކު ގޮވާން ކުރުމަށް ޓަކައި އޭނާގެ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ.


”⁠މިކަމާއި މެދު ތިޔަބައިމީހުންގެ ވިސްނުން ހުރީ ކިހިނަކުން: ދެ ފިރިހެން ދަރިން ތިބި މީހަކު އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ކައިރިއަށް ގޮސް ބުނި. ’⁠ދަރިފުޅާއޭ މޭބިސްކަދުރު ދަނޑަށް ގޮސް މިއަދު މަސައްކަތް ކޮށްލައިދޭށޭ.⁠‘


”⁠އަދި އެހެން މާނަފުން ވާހަކައެއް ވެސް އަހާ! ބިމެއްގެ ވެރިއަކު މޭބިސްކަދުރު ދަނޑެއް ހައްދައި އެ މޭބިސްކަދުރު ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި މޭބިސްކަދުރުގެ ދިޔަ އެޅޭނޭހެން ވަޅުގަނޑެއް ކޮނުނު. އަދި އެތަން ފެންނާނޭހެން ބުރުޒެއް ވެސް ހެދި. ދެން ދަނޑުވެރިންގެ ބަޔަކަށް މި މޭބިސްކަދުރު ދަނޑު އޭނާ ކުއްޔަށް ދިނުމަށް ފަހު އެހެން ޤައުމަކަށް ދިޔަ.


ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އައުމުން އެ ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް ދަނޑު ކުއްޔަށް ހިފައިގެން އުޅޭ ދަނޑުވެރިންގެ ކައިރިއަށް އޭނާގެ ނޯކަރުން ފޮނުވި.


”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. މީހަކު ދުރު ދަތުރަކަށް ދިއުމަށް ޓަކައި ތައްޔާރުވެ އޭނާގެ މިލްކުގައިވާ ހުރިހާ ތަކެއްޗެއްގެ މައްޗަށް އޭނާގެ ތިން ޚާދިމުން ވެރިކުރުވި.


އެހެންވެ، އެބައިމީހުން އީސާގެފާނަށް ޖަވާބު ދިނެވެ. ”⁠އަހަރެމެންނަކަށް ނޭނގެ.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަހެން ކަމުގައިވާނަމަ އަހަރެން މިކުރާ ކަންތައްތައް ކުރުމުގެ ޙައްޤު އަހަރެންނަށް ދިން ފަރާތެއް ވެސް ނުބުނާނަން.⁠“


މިއީ ދަތުރަކު ދިޔަ މީހަކު ފަދައިން އަޅައިބެލޭނެފަދަ ކަމެއް. އޭނާގެ ގެ ދޫކޮށް ފުރުމުގެ ކުރިން، އޭނާގެ ނޯކަރުންނަށް ގޭގެ އެންމެހާ ކަންތައްތައް ކުރުމާ ހަވާލުކުރި. އެއިން ކޮންމެ ނޯކަރަކަށް ޚާއްސަ ކުރެވި ޙަވާލު ކުރެވިފައިވާ މަސައްކަތެއް ކުރަން ބުނި. އަދި އޭނާ އެނބުރި އަންނަންދެން ފަރުވާތެރި ކަމާއެކު މައިދޮރު ބެލެހެއްޓުމަށް ދޮރުފާރަވެރިޔާއަށް އިންޒާރުކުރި!


މިހެން ވުމުން އީސާގެފާނު އެއްވެފައިވާ މީސްތަކުންނާއި މި މާނަފުން ވާހަކަތަކުން މިސާލު ދައްކަވައި މުޚާތަބު ކުރެއްވިއެވެ. ”⁠ޝައިތާނާ އޭނާގެ ރަސްކަމާ ދެކޮޅު ވާނެތަ؟ ނުވާނެ!


އެބައިމީހުންނަށް މާނަފުން ވާހަކަތަކުން ވަރަށްގިނަ ކަންތައް އުނގަންނައި ދެއްވިއެވެ.


ކުޑަ ދުވަސްކޮޅެއް ފަހުން މި ހަގުދަރިފުޅު އޭނާގެ ހުރިހާ މުދާ ވިއްކާލާ އެފައިސާ ހިފައިގެން އެހެން ދުރު ސަހަރަކަށް ހިނގައްޖެ. އަދި މިސަހަރުގައި އޭނާގެ ހުރިހާ ފައިސާއެއް މަޖާކޮށް ބޭނުން ނެތް ބޭކާރު ގޮތްތަކަށް ހޭދަކޮށްލި.


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ރަސްމަތިފުޅު އާއިލާއެއްގެ ބޭފުޅަކު ދުރު ޤައުމަކަށް ރަސްކަމުގެ ލަޤަބު ލިބި ވަޑައިގަތުމަށްޓަކައި ވަޑައިގެންނެވި. އެއީ އެލަޤަބު ލިބިވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން އޭނާގެ ޤައުމުގެ ރަސްކަމަށް އިސްވެ ވަޑައިގަތުމަށްޓަކާ.


އެމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެން ޢީދުގެ ކެއުން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދި ވަޑައިގަންނަވަނީ ކޮންތާނކު ތޯ؟⁠“


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ކަލޭމެންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’⁠އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.⁠‘


އަހަރެމެންގެ މީސްތަކުން އެކުގައި ހަނަފަސް ބިމަށް ގެނެސް އެމީހުންނާއި އެކުގަ އެތާނގައި ވީ މޫސާގެފާނު. އަދި ޠޫރުސީނާ ފަރުބަދައިގައި މާތްރަސްކަލާނގެ މަލާއިކަތާ އެކަލޭގެފާނަށް ދިރިހުރުން ލިބޭ މި ބަސްފުޅުތައް އަހަރެމެންނަށް އަންގައިދިނުމަށްޓަކައި ވިދާޅުވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ