6 އެބޭކަލުން އީސާގެފާނު އިރުޝާދުދެއްވި ފަދައިން ޖަވާބު ދިނެވެ. އަދި އެބައިމީހުން ހިމާރު ގެންދިޔުމުގެ ހުއްދަ ދިނެވެ.
އެބޭކަލުން އެ ޅަ ހިމާރު އީސާގެފާނުގެ އަރިހަށް ގެނައެވެ. އަދި އެބޭކަލުންގެ ސާލުތަކުން ހިމާރުގެ ބުރަކަށި މަތީގައި ވަށައިގެން އެޅުމުން އީސާގެފާނު އެ ހިމާރުގެ މައްޗަށް އަރާވަޑައިގެންނެވިއެވެ.