މަރުކުސް 11:33 - ކިތާބުލް މުޤައްދަސާ33 އެހެންވެ، އެބައިމީހުން އީސާގެފާނަށް ޖަވާބު ދިނެވެ. ”އަހަރެމެންނަކަށް ނޭނގެ.“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތިޔަހެން ކަމުގައިވާނަމަ އަހަރެން މިކުރާ ކަންތައްތައް ކުރުމުގެ ޙައްޤު އަހަރެންނަށް ދިން ފަރާތެއް ވެސް ނުބުނާނަން.“ အခန်းကိုကြည့်ပါ။ |
ނުބައި އަދި ފާފަވެރި މީސްތަކުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދެމުން ދާނެ. ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުދެއްކޭނެ. ދައްކައި ދިނުމަކަށް އަހަރެން ބޭނުމެއް ނުވޭ. ޔޫނުސްގެފާނާއި މެދު ހިނގައިދިޔަ ކަންތައްތަކަކީ ތިޔަބައިމީހުންނަށް ޓަކައި ދެއްކެވި ހަމައެކަނި މުޢުޖިޒާތީ އަލާމާތްތަކެއް ކަމަށް ފުދޭނެ.“ މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުން ދޫކުރައްވައި ވަޑައިގެންނެވިއެވެ.
އެއަށް ފަހު އީސާގެފާނު މި މާނަފުން ވާހަކައިން އެބައިމީހުންނާއި މުޚާތަބު ކުރައްވަމުން ގެންދެވިއެވެ. ”އެއްދުވަސްވަރެއްގައި މީހަކު އޭނާގެ ދަނޑުގައި މޭބިސްކަދުރުގެ ވެޔޮތަކެއް ހެއްދުމަށް ފަހު އެ ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި އެވެޔޮތަކުގެ ކައިރީ މޭބިސްކަދުރު ދިޔަފެލައި އަޅާނެ ބޮޑު ވަޅެއް ހެދި. އަދި އެވެޔޮތައް ބެލެހެއްޓުމަށްޓަކައި ބުރުޒެއް ވެސް ބިނާކުރި. އެއަށް ފަހު އެވެޔޮތައް ހެއްދިފައިވީ ދަނޑު، ބަޔަކަށް ކުއްޔަށް ދިނުމަށް ފަހު ދަތުރުވަރިއެއްގައި ދަނޑުވެރިޔާ ފުރައިގެން ދިޔަ.
އޭނާ ޖަވާބުގައި ބުންޏެވެ. ”މިހާރު އެއްފަހަރު އަޅުގަނޑު އެކަންތައް ވީ ގޮތް ތަފްސީލުކޮށް ކިޔާދީފިން. ތިޔަބޭފުޅުން އަޅުގަނޑުގެ ވާހަކަތައް ގަބޫލެއް ނުކުރެއްވި. އަނެއްފަހަރު ވެސް އެވާހަކަތައް އަޅުގަނޑު ލައްވާ ބުނުވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟ އަނެއްކާ ތިބޭފުޅުން ވެސް އޭނާއާ ތަބާވާން ބޭނުންފުޅު ވަނީތޯ؟“