Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 11:31 - ކިތާބުލް މުޤައްދަސާ

31 އެބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް މިފަދައިން މަޝްވަރާކޮށް ވިސްނަމުން ގެންދިޔައެވެ. ”⁠ކީކޭ އަހަރެމެން ބުނާނީ؟ އަހަރެމެންގެ ޖަވާބުގައި އެއީ މާތްރަސްކަލާނގެ ކަމުގައި ބުނެފިނަމަ އެކަލޭގެފާނު ބުނާނެ. ’⁠އެހެންވީއިރު ތިޔަބައިމީހުން ޔަޙުޔާގެފާނަށް އީމާން ނުވީ ކީއްވެގެންހޭ؟⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 11:31
11 ပူးပေါင်းရင်းမြစ်များ  

މިހެން ވިދާޅުވުމުން އެބޭކަލުންގެ މެދުގައި ބަހުސްކޮށް ވާހަކަދެކެވުނެވެ. ”⁠އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.⁠“


އަހަންނަށް ބުނެދީބަލަ. ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުން ހިނެވުމުގެ ޙައްޤު ދެއްވީ ކޮންފަރާތަކުން؟ އެއީ މާތްރަސްކަލާނގެތަ؟ ނޫނީ އިންސާނެއްގެ ފަރާތުންތަ؟⁠“


މިތިބަ މީސްތަކުންނަށް ޔަޙުޔާގެފާނަކީ ރަސޫލު ބޭކަލެއްކަން އެނގޭއިރު ޔަޙުޔާގެފާނަށް އެ ޙައްޤު ދެއްވީ އިންސާނެކޭ އަހަރެމެންނަކަށް ނުބުނެވޭނެ.⁠“ އެބައިމީހުން ތިބީ މީސްތަކުން ދެކެ ބިރުންނެވެ.


އެއްވެފައި ތިބި މީހުންނަށް ގޮވައި ޔަޙުޔާގެފާނު މިކަން އިޢުލާން ކުރެއްވި އެވެ. ”⁠އަހަރެން ބުނަމުން އައީ މިކަލޭގެފާނެއްގެ ވާހަކައެވެ. އަހަރެން ބުނިން، ’⁠އަހަރެންގެ ފަހަތުން އަހަންނަށް ވުރެން މާ މަތިވެރި ބޭކަލަކު އެބަ ވަޑައިގަންނަވައޭ، އެބޭކަލަކީ އަހަންނަށް ވުރެ މާ ކުރީގައި ވެސް އުޅުއްވި ބޭކަލެކޭ.⁠‘⁠“


ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


އީސާގެފާނާއި މެދު މިފަދައިން ކަންތަން ހިނގާ ދިޔަތަން އަހަރެން ދުށިން. އެހެން ކަމުން އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަގޮތެއްގައި ހޮއްވެވި ބޭކަލެއް ކަމަށް އަހަރެން ހެކިވަން.⁠“


އެދުވަހު އީސާގެފާނު އެތާނ ކައިރިން ވަޑައިގަންނަވާތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ”⁠ބައްލަވަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވައި ފޮނުއްވި ކަންބަޅި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ