Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 11:20 - ކިތާބުލް މުޤައްދަސާ

20 އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެބޭކަލުން މަގުގައި އޮތްގޮތަށް ވަޑައިގެންނެވި ހިނދު، އެބޭކަލުންނަށް ވައްތީނި ގަސް ފެނިވަޑައިގަތެވެ. މުލުން ފެށިގެން މުޅި ގަސް ވަނީ މަރުވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 11:20
14 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އިރުގެ ހޫނުކަން ލިބުމުން ގަސްތަކުގެ މޫތައް ހިފަހައްޓާނޭ ފުންކަން ފަސްގަނޑުގައި ނެތުމުގެ ސަބަބުން ގަސްތައް މިލައި ހިކިގެން ދިޔަ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އިންދަވާފައި ނުވާ ކޮންމެ ގަހެއް އެކަލާނގެ މުލުން ލުހެލައްވާނެ.


އަނެއް ދުވަހުގެ ހެނދުނު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނު ވަނީ ބަނޑުހައިފުޅު ވެފައެވެ.


އޭގެ އަނެއް ދުވަހު އެބޭކަލުން ބެތާނިޔާއިން އެނބުރި އައި މަގުމަތީގައި އީސާގެފާނު ބަނޑުހައިފުޅުވިއެވެ.


އެ ހިނދު އީސާގެފާނު އެ ވައްތީނިގަހަށް ވިދާޅުވިއެވެ. ”⁠ތިޔަގަހުގެ ވައްތީނި އެއްވެސް ފަރާތަކަށް މިއަދަށް ފަހު ކާކަށް ނުލިބޭނެ!⁠“ އަދި އަސްޙާބީންނަށް މިބަސްފުޅުގެ އަޑު އިވުނެވެ.


އަހަރެންނާ ގުޅިގެން ނުވާ މީހެއް ނަމަ، މިލައި ހިކިފައިވާ ގޮފިގަނޑެއް ފަދައިން ކަނޑާ އެއްލާލެވޭނެ. އަދި އެފަދަ ގޮފިތައް ހިކިގެން ދިޔައީމާ އެއްކޮށްފައި އަންދާލެވޭނެ.


އެކަމަކު އެބިމުން ކަށިގަސްތައް ހެދޭނަމަ އެ ދަނޑުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެތަކެތި ވުން ގާތީ މާތްރަސްކަލާނގެ ލަޢުނަތްލެއްވި ތަކެއްޗަށެވެ. މިހެން ވުމުން ދަނޑުވެރިޔާ އެންމެފަހުން އެ ދަނޑު އަންދާލާނީއެވެ.


ތިޔަބައިމީހުން އީސާގެފާނަށް ލޯބި ފާޅު ކުރުމުގެ ގޮތުން އެއްބައިވަންތަ ގުޅުން ގާއިމު ކުރުމަށް ބާއްވާ ޖާފަތުގެ ތެރޭގައި ކައިބޮއި ހަދާއިރު ރީތި އެއްޗެއްގައި ޖެހިފައިވާ ލައްގަނޑެއްހެން އެމީހުން އެ ރީތި މާހައުލު ޚަރާބު ކުރެއެވެ. އެބައިމީހުން ލަދެއް އަގަލައެއް ނުވާ ބަކަރި ގޮވީންތަކެއް ފަދައެވެ. އެފަދަ މީހުންގެ ބަކަރިތަކަށް ކާން ދޭކަށް ނޫޅޭނެއެވެ. އެމީހުން ބަލާނީ އެމީހުންނަށް ކެވޭތޯއެވެ. އެއީ ވައިރޯޅިއާއެކު ދަތުރުކުރާ ވިލާގަނޑެއް ފަދަ ބަޔެކެވެ. އެޔަކުން ބިމަކަށް ވާރެއެއް ނުވެހެއެވެ. އެމީހުން ޚަރީފު މޫސުމުގެ ފަތްތަކެއް ފަދައެވެ. އެ ފަތްތައް ހުންނަނީ މަރުވެ ހިކިފައެވެ. އެއީ މުލުން ލުހެލެވިފައިވާ މޭވާ ނާޅާ ގަސްތަކެއް ފަދަ ބަޔެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ