Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 11:18 - ކިތާބުލް މުޤައްދަސާ

18 ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް މި ޚަބަރު އިވި އެބައިމީހުން އީސާގެފާނު އަވަހާރަ ކޮށްލާނެ ގޮތެއް ހޯދަމުން ގެންދިޔައެވެ. އެބައިމީހުން އެކަލޭގެފާނުދެކެ ބިރުގަނެއެވެ. ސަބަބަކީ އެކަލޭގެފާނުގެ އުނގަންވައި ދެއްވުމާއިމެދު އެއްމެހައި މީސްތަކުން އަޖައިބު ކުރުވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 11:18
26 ပူးပေါင်းရင်းမြစ်များ  

ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް އެކަލޭގެފާނު ދެއްކެވި މި މަތިވެރި މުޢުޖިޒާތްޕުޅު ފެނުނެވެ. އަދި ބައިތުލް މަޤްދިސްގެ ތެރޭގައި ތިބި ކުޑަކުދިން މިފަދައިން ގޮވަމުން ގެންދިޔަ އަޑު އެބައިމީހުންނަށް އިވުނެވެ. ”⁠ދާއޫދުގެފާނުގެ ދަރިކަލުންނާއި މެދު މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރަން!⁠“ މި ހުރިހާ ކަމާކާއި ގުޅިގެން ބޮޑުއިމާމުންނާއި ދީނުގެ އެދުރުބޭކަލުން ރުޅިއައެވެ.


އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ ނިމުމުން އެއްވެފައި ތިބި މީހުން އެކަލޭގެފާނުގެ އުނގަންނަވައި ދެއްވުމާއި މެދު ހައިރާންވިއެވެ.


އެކަލޭގެފާނު އުނގަންނަވައިދެއްވި ގޮތާ މެދު މީސްތަކުން ޙައިރާންވިއެވެ. އެކަލޭގެފާނު އުނގަންނަވައި ދެއްވީ ދީނީ ދަންނަބޭކަލުންގެ ގޮތުގައި ނޫނެވެ. އެއާ ޚިލާފަށް އެކަލޭގެފާނު އުނގަންނަވައި ދެއްވީ އާރާއިބާރު ލިބިވަޑައިގެންފައިވާ ބޭކަލެއްގެ ގޮތުގައެވެ.


މިތިބަ މީސްތަކުންނަށް ޔަޙުޔާގެފާނަކީ ރަސޫލު ބޭކަލެއްކަން އެނގޭއިރު ޔަޙުޔާގެފާނަށް އެ ޙައްޤު ދެއްވީ އިންސާނެކޭ އަހަރެމެންނަކަށް ނުބުނެވޭނެ.⁠“ އެބައިމީހުން ތިބީ މީސްތަކުން ދެކެ ބިރުންނެވެ.


ދީނުގެ ދަންނަބޭކަލުންނާއި އިސްވެރިން އީސާގެފާނު ހައްޔަރުކުރަން ބޭނުންވިއެވެ. ސަބަބަކީ މިމާނަފުން ވާހަކަފުޅު ވިދާޅުވުމުގައި އެކަލޭގެފާނު ނިސްބަތްކުރެއްވީ އެބައިމީހުންނަށް ކަން އެނގުމުންނެވެ. ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ސަބަބުން ބިރުން އެކަލޭގެފާނު ދޫކޮށް އެބައިމީހުން ދިޔައީއެވެ.


މިކަމާއި ގުޅިގެން ފަރީސީން ދީނީ މަރުކަޒުން ނުކުމެގެން ގޮސް ހެރޮދު އަށް ތާއީދު ކުރާ މީހުންނާއި ހަމަ ވަގުތުން ބައްދަލުކޮށް އީސާގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކާ މަޝްވަރާކުރިއެވެ.


ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.


ކޮންމެ ދުވަހަކު އެކަލޭގެފާނު ބައިތުލް މަޤްދިސްގައި ކިޔަވާދެއްވަމުން ގެންދެވިއެވެ. ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ވެރިންގެ ބޮޑެތި މީހުން އެކަލޭގެފާނު މަރާލެވޭނެ ގޮތަކާއި މެދު ވިސްނަމުން ގެންދިޔައެވެ.


އެކަލޭގެފާނުގެ ވިސްނުންފުޅުތޫނުކަމާއި ދެއްވަމުން ގެންދެވި ޖަވާބުފުޅުތަކުގެ ހަރުދަނާ ކަމުގެ ސަބަބުން އެތާނގައި ތިބި އެންމެން ވަރަށް ބޮޑަށް އަޖައިބުވިއެވެ.


ދެން ދީނުގެ ދަންނަބޭކަލުންނާއި ބޮޑު އިމާމުން އެކަލޭގެފާނު ވަގުތުން ހައްޔަރު ކުރެވޭނެ ގޮތެއް ވޭތޯ ބެލިއެވެ. އެއީ އެކަލޭގެފާނު އެ ވިދާޅުވި މާނަފުން ވާހަކައަކީ އެމީހުންނާއި ބެހޭގޮތުން ވިދާޅުވި ވާހަކައެއް ކަން އެމީހުންނަށް އެނގުމުންނެވެ. ނަމަވެސް މީހުންނަށް ބިރުން އެމީހުންނަކަށް އެކަލޭގެފާނު ހައްޔަރު ކުރާކަށް ނުކެރުނެވެ.


އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ؟ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު؟⁠“


މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ.


މާތްރަސްކަލާނގެ އެންގެވި އަމުރުފުޅުތައް މޫސާގެފާނު ކަލޭމެންނަށް އެންގެވި. ނަމަވެސް ކަލޭމެންގެ ތެރޭން އެކަކު ވެސް އެ އަމުރުފުޅުތަކަކަށް ކިޔަމަނެއް ނުވޭ. އަދި ކޮބާ! ކަލޭމެން ތިޔަ އުޅެނީ އަހަރެން މަރާލަން.⁠“


ސިފައިންގެ މީހުން ޖަވާބުގައި ބުންޏެވެ. ”⁠އެކަލޭގެފާނުގެ ބަސްފުޅުތަކަކީ މީގެ ކުރިން ދުވަހަކު ވެސް މީހަކު ބުނެފައި ނުވާ ފަދަ މަތިވެރި ބަސްފުޅުތަކެއް.⁠“


ނަމަވެސް ޕައުލް ރަނގަޅަށް ސީދާ ކަން މަތީ އުޅުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި އަދި މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް ހިސާބު ބައްލަވާނެ ދުވަހުގެ ވާހަކަ ބުނުމުން ފެލިކުސް ވަރަށް ބޮޑަށް ބިރުގަތެވެ. ދެން އޭނާ ޕައުލް އަށް ވިދާޅުވިއެވެ. ”⁠ދެން މި ވަގުތު ކަލޭ ދޭ. އެހެން ފަހަރަކުން އަހަންނަށް ވަގުތު ވީމާ އަހަރެން ކަލެއާއި ބައްދަލުވާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ