Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 11:13 - ކިތާބުލް މުޤައްދަސާ

13 އެ ހިނދު އެކަލޭގެފާނަށް މާދުރު ނޫން ހިސާބެއްގައި ހުރި ފަތްތަކުން ފުރިފައިވާ ވައްތީނި ގަހެއް ފެނިވަޑައިގެން އެ ގަހުގައި ވައްތީނި އަޅާފައި ހުރިތޯ ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެގަހާ ކައިރިވެ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ މުޅިގަސް ފަތުން ފުރިފައިވީތަނެވެ. ސަބަބަކީ އެއީ ވައްތީނި މޫސުމަށް ނުވުމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 11:13
10 ပူးပေါင်းရင်းမြစ်များ  

މަގުގެ އެއްފަރާތުގައި ވައްތީނި ގަހެއް ހުރިކަން އެކަލޭގެފާނަށް ފާހަގަ ކުރެވުނެވެ. ވައްތީނި ގަހުގެ ކައިރިއަށް އެކަލޭގެފާނު ވަޑައިގެން އެގަހުގައި ވައްތީނި ހުރިތޯ ބައްލަވާ ލެއްވިއެވެ. ނަމަވެސް އެގަހުގައި ހުރީ ހަމައެކަނި ހުސް ފަތްތަކެވެ. އެ ހިނދު އެ ގަހާއި މުޚާތަބު ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ގަހުގައި އިތުރަށް މޭވާއެއް ނާޅާނެ.⁠“ އިސާހިތަކު އެ ގަސް މިލައި މޯޅިވެ ދިޔައެވެ.


އޭގެ އަނެއް ދުވަހު އެބޭކަލުން ބެތާނިޔާއިން އެނބުރި އައި މަގުމަތީގައި އީސާގެފާނު ބަނޑުހައިފުޅުވިއެވެ.


އެ ހިނދު އީސާގެފާނު އެ ވައްތީނިގަހަށް ވިދާޅުވިއެވެ. ”⁠ތިޔަގަހުގެ ވައްތީނި އެއްވެސް ފަރާތަކަށް މިއަދަށް ފަހު ކާކަށް ނުލިބޭނެ!⁠“ އަދި އަސްޙާބީންނަށް މިބަސްފުޅުގެ އަޑު އިވުނެވެ.


އެމަގުން ދަތުރުކޮށް ދިޔަ އިމާމަކަށް މިމީހާ ފެނުނު. ނަމަވެސް މީނާ އަޅާ ވެސް ނުލާ މަގުގެ އަނެއް ފަރާތުން ލާފައި އޭނާގެ މަގުން ކުރިއަށް ދިޔަ.


ދެން ރާޢޫތު ގޮސް ބާކީ ގޮވާން އެއްކުރުމުގެ ގޮތުން ދަނޑެއްގައި މަސައްކަތް ފަށައިފިއެވެ. ކަންދިމާވި ގޮތުން ރާޢޫތަށް މި ދެވުނީ ބޫޢަޒްގެ ދަނަޑަކަށެވެ. ބޫޢަޒްއަކީ އަލީމާލިކުގެ ތިމާގެ މީހެކެވެ.


އެކަމަކު ގާޑިޔާ ދަނީ ކޮން ދިމާއަކަށްތޯ ބަލާތި. ގާޑިޔާ އިސްރާއީލުގެ ބައިތުޝަމްސު އާ ދިމާއަށް ދާނަމަ އަހަރެމެންނަށް މި ދިމާވި އާފާތަކީ މާތްރަސްކަލާނގެ ކިބަފުޅުން ދިމާވި ކަންތަކެއް ކަމަށް ބަލާ. ގާޑިޔާ އެ ނޫން ދިމާއަކަށް ދާނަމަ، މި ދިމާވި ކަންތަކުގައި އެކަލާނގެ އަތްޕުޅެއް ނުވޭ. އެ ވާނީ ތަބީޢީ ގޮތުން ދިމާވި އިއްތިފާގަކަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ