މަރުކުސް 11:12 - ކިތާބުލް މުޤައްދަސާ12 އޭގެ އަނެއް ދުވަހު އެބޭކަލުން ބެތާނިޔާއިން އެނބުރި އައި މަގުމަތީގައި އީސާގެފާނު ބަނޑުހައިފުޅުވިއެވެ. အခန်းကိုကြည့်ပါ။ |
އެ ހިނދު އެކަލޭގެފާނަށް މާދުރު ނޫން ހިސާބެއްގައި ހުރި ފަތްތަކުން ފުރިފައިވާ ވައްތީނި ގަހެއް ފެނިވަޑައިގެން އެ ގަހުގައި ވައްތީނި އަޅާފައި ހުރިތޯ ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެގަހާ ކައިރިވެ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ މުޅިގަސް ފަތުން ފުރިފައިވީތަނެވެ. ސަބަބަކީ އެއީ ވައްތީނި މޫސުމަށް ނުވުމެވެ.
އީސާގެފާނު މީހުން ނޫޅޭ ހިސާބު ތެރޭގައި ސާޅީސް ދުވަސް ހޭދަކުރެއްވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހިސާބުގެ ތެރޭގައި ވަނިކޮށް އިބިލީސް ސާޅީސް ދުވަސް ވަންދެން އެކަލޭގެފާނުގެ ފަރާތުން ފާފައެއް ކުރުވޭތޯ މަސައްކަތް ކުރިއެވެ. މި ހުރިހާ ދުވަހެއްގައި ވެސް އީސާގެފާނު ހޭދަ ކުރެއްވީ އެއްވެސް އެއްޗެއް ފަރިންނުކުޅުއްވައެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ހާންތިފުޅު ވެފައެވެ.
މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.