މަރުކުސް 11:1 - ކިތާބުލް މުޤައްދަސާ1-2 އީސާގެފާނާއި އަސްޙާބީން ޖެރޫސަލަމާއި ކައިރިވަމުން ދިޔައެވެ. އަދި ޒައިތޫނި ފަރުބަދަ މަތިގައިވާ ދެ އަވަށް ކަމުގައިވާ ބެތުފާގޭ އާއި ބެތާނިޔާ އާއި ކައިރީގައިވި ހިނދު އެކަލޭގެފާނުގެ ދެ އަސްޙާބީން އަރިހަށް ގެންނަވާ މިފަދައިން އިރުޝާދު ދެއްވާ ފޮނުއްވިއެވެ. ”ކުރިމަތީގައިވާ އަވަށަށްދޭ. ތިޔަބައިމީހުންނަށް އެ އަވަށަށް ދެވުމާއެކު، އެތަނުގައި ބަނދެފައިވާ ޅަ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން މީހަކު ދަތުރުކޮށްފައިވާ ހިމާރެއް ނޫން. ތިޔަބައިމީހުން ގޮސް އެ ހިމާރު މޮހާލައިގެން މިތަނަށް ގެނޭ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި އިށީނދެ ވަޑައިގެން އިންނެވި ހިނދު އަސްޙާބީން އެކަހެރިވެ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ތިޔަ ވިދާޅުވި ކަންތައްތައް ހިނގައިދާނީ ކޮންއިރަކުތޯ؟ އަދި ކަލޭގެފާނު އެނބުރި ވަޑައިގަންނަވާ ހިނދުގައްޔާއި ދުނިޔެ ޤިޔާމަތް ވުމުގައި ފެނިގެންދާނެ އަލާމާތްތައް އަޅުގަނޑުމެންނަށް ބުނެދީފާނަންތޯ؟“
އެއަށް ފަހު ބައިތުލް މަޤްދިސްގެ އަނެއްފަރާތުގައި ވީ ޒައިތޫނި ފަރުބަދަމަތީގައި އީސާގެފާނު އިށީނދެ ވަޑައިގެން އިންނެވިއެވެ. އެ ހިނދު ޕަތަރަސްއާއި، ޔާމިޒާއި، ޔޫޙަންނާގެ އިތުރުން އަންދުރާއި އެކަލޭގެފާނުގެ އަރިހަށް އައިސް އަމިއްލަގޮތުން ދެންނެވިއެވެ. ”ތިޔަ ވިދާޅުވި ކަންތައްތައް ހިނގާނީ ކޮންއިރަކުންތޯ؟ އަދި އެކަންތައްތައް ވުމުގެ އަލާމާތެއްގެ ގޮތުން އެވަގުތު ފެނިގެންދާނީ ކޮން ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް ބުނެދެއްވާ.“
އަދި އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ކޮންމެ ޓީމެއްގައި ދެ އަސްޙާބީއަކު ހިމެނޭ ގޮތަށް ފޮނުވުމަށް ހަމަޖެއްސެވިއެވެ. އަދި މި ބާރަ އަސްޙާބީންނަށް ޖިންނީންގެ އުނދަގުލުން މީސްތަކުން ރަނގަޅު ކުރުމުގެ ބާރާއި ހުއްދަ ދެއްވައި އަމުރުކުރެއްވިއެވެ. ”ހިނގާއިރު މަގުމަތީގައި ބޭނުންކުރާ ތިޔަބައިމީހުންގެ އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ދަތުރަށްޓަކާ ނުގެންދާތި. ކާނޭ ތަކެއްޗާއި، އަތްދަބަހާއި، ފައިސާ ވިޔަސްމެ.
މި ކަންތައް މި ފަދައިން ހިނގިއިރު މަންދޫބުން ތިބީ ޒައިތޫނި ފަރުބަދަ މަތީގައެވެ. މި ފަރުބަދަ ވަނީ ޖެރޫސަލަމާއި ބައިމޭލު ދުރުގައެވެ. އެތަނުގައި ތިބި މަންދޫބުންނަކީ ޕަތަރަސް، ޔޫޙަންނާ، ޔާމިޒު، އަންދުރާއި، ފިލިޕު، ތޯމާސް، ބަރުތުލޫމު، މައްތާ، ހަލްފާހުގެ ދަރި ޔާމިޒު، އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައިވާ މަޝްހޫރު ސިމުއާން އާއި ޔާމިޒުގެ ދަރި ޔުދާސް އެވެ. މި މަންދޫބުން އެނބުރި ޖެރޫސަލަމަށް އައިސް އެމީހުން ތިބި ގެއަށް ގޮސް އެ ގޭގެ މަތީ ބުރީގައިވާ އެމީހުން ތިބި ކޮޓަރިއަށް ދިޔައެވެ.