6 ނަމަވެސް މި ކާއިނާތު ފުރަތަމަ އުފެއްދެވި ހިނދު މާތްކަލާނގެ އިންސާނުންގެ ގޮތުގައި ފިރިހެނަކާއި އަންހެނަކު އުފެއްދެވި.
މާތްކަލާނގެ އެންމެ ފުރަތަމަ އުފެއްދެވީ އުޑުތަކާއި މި ދުނިޔެއެވެ.
ދެން މާތްކަލާނގެ އެކަލާނގެ އަމިއްލަ ސޫރަފުޅުގައި އިންސާނާ ހެއްދެވިއެވެ. މާތްކަލާނގެ އިންސާނާ ހެއްދެވީ އެކަލާނގެއާ އެއްވައްތަރަށެވެ. އިންސާނާ އުފައްދަވާފައި ވަނީ ފިރިހެނަކާ އަންހެނެއްގެ ގޮތުގައެވެ.
އެކަލާނގެ ފިރިހެނުންނާއި އަންހެނުންގެ ގޮތުގައި އިންސާނުން ހެއްދެވިއެވެ. އެމީހުން އުފެއްދެވުމަށް ފަހު އެކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވި އެވެ. އަދި އެމީހުންނަށް އިންސާނުންނޭ ކިޔައި ނަންދެއްވިއެވެ.
މާތްރަސްކަލާނގެ ދުނިޔެ އުފެއްދެވީއްސުރެން މިދުވަސްތަކާއި ހަމައަށް މިފަދަ ބިރުވެރި ދުވަސްތަކެއް ކުރިމަތި ވެފައިނުވާނެ. އަދި މިފަދަ ކަމެއް އޭގެ ފަހުން ނުހިނގާނެ.