51 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން ތިބާއަށް ކޮށްދެންވީ ކޮންކަމެއް؟“ ”އެދުރުކަލޭގެފާނު، އަޅުގަނޑުގެ ލޮލަށް އަލުން ފެންނާނެ ގޮތް ހައްދަވާ ދެއްވާ!“ ލޯފަންމީހާ ޖަވާބު ދިނެވެ.
މީސްތަކުން އެބައިމީހުންނާއި ސަލާމްކުރުމަށާއި ބާޒާރުމަތީގައި އެބައިމީހުންނަށް މިސްތަކުން ގަދަރުކުރުމަށް އެބައިމީހުން ލޯބިކުރާނެ. އަދިހަމައެހެންމެ، މީސްތަކުން އެބައިމީހުންނަށް ’އެދުރުކަލޭގެ‘ ނަމުން މުޚާތަބު ކުރުމަކީ ވެސް އެބައިމީހުން ނުހަނު ލޯބިކުރާ ކަމެއް.
އެހެނަސް ތިޔަބައިމީހުން ’އެދުރުކަލޭގެ‘ ނަމުން އިތުރު ބަޔަކަށް މުޚާތަބު ކޮށްގެންނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ އެންމެ އެދުރެއް. އަދި ތިޔަބައިމީހުންނަކީ އެކުގައިވާ އަޚުންނާއި އުޚުތުން.
އެފަދަ މީހުން ފަދައިން ތިޔަބައިމީހުން ނުވޭ. އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު، ތިޔަބައިމީހުން އެދުމުގެ ކުރިން ތިޔަބައިމީހުންގެ ބޭނުންތައް ދެނެވޮޑިގެންވޭ.
”އެދި ދަންނަވާ! އޭރުން މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެ. ހޯދަމުން ގެންދޭ! އޭރުން ދައްކަވާނެ. ޓަކިދެމުން ގެންދޭ! އޭރުން ތިޔަބައިމީހުންނަށްޓަކާ ދޮރު ހުޅުއްވާނެ.
”އެއީ ކޮންކަމެއް؟“ އީސާގެފާނު އެ ދެބެއިންގެ ކައިރިން އެއްސެވިއެވެ.
އެމީހާ އޭނާގެ ކޯޓުގަނޑު އެއްފަރާތަކަށް އެއްލާލުމަށް ފަހު، ފުންމައިގެން ތެދުވެ އީސާގެފާނުގެ އަރިހަށް އައެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”މަރިޔަމް!“ އޭނާ އެކަލޭގެފާނާއި ދިމާއަށް އެނބުރި ޢިބްރާނީ ބަހުން ގޮވާލިއެވެ. ”ރައްބޫނި!“ މިބަހުގެ މާނައަކީ އެދުރުކަލޭގެފާނު އެވެ.
ކޮމާންޑަރު އޭނާގެ އަތުގައި ހިފައިގެން ދުރަށް ގެންގޮސް ސުވާލު ކުރެއްވިއެވެ. ”ކަލޭ ބުނަން ބޭނުން ވާހަކަޔަކީ ކޮބާ؟“
ކަންތައްތަކާއިމެދުގައި ކަންބޮޑު ނުވާށެވެ. އަދި ކޮންމެ ކަމަކަށް އެދި ޝުކުރުވެރިކަމާއެކު މާތްރަސްކަލާނގެއަށް ދަންނަވާށެވެ.