މަރުކުސް 10:47 - ކިތާބުލް މުޤައްދަސާ47 އޭނާއަށް ނާޒަރަތުގެ އީސާގެފާނު ކަމުގައި އަޑުއިވި އޭނާ ގޮވަން ފެށިއެވެ. ”އޭ އީސާގެފާނު! އޭ ދާއޫދުގެފާނުގެ ދަރިކަލުން! އަޅުގަނޑުގެ މައްޗަށް ރަޙުމްކުރައްވާ!“ အခန်းကိုကြည့်ပါ။ |
އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.“
އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!“
އީސާގެފާނު އެނބުރި އެކަލޭގެފާނު އުޅެ ބޮޑުފުޅުވި އަމިއްލަފުޅު ރަށް ކަމަށްވާ ނާޒަރަތަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު އާދަވެވަޑައިގެން ކަންކުރައްވާ ފަދައިން ސަބަތުގެ ދުވަހުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަކަށް ވަޑައިގެންނެވިއެވެ. އެތާނގައި އެކަލޭގެފާނު މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅު ކިޔަވާ ވިދާޅުވުމަށްޓަކައި ތެދުވެ ވަޑައިގެންނެވިއެވެ.