Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 10:43 - ކިތާބުލް މުޤައްދަސާ

43 ނަމަވެސް ތިޔަބައިމީހުންގެ ތެރޭގައި އެކަން އޮތީ އެގޮތަކަށް ނޫން. ތިޔަބައިމީހުންގެ ތެރޭގައި މަތިވެރި މީހަކަށް ވުމަށް އެދޭނަމަ އޭނާއަށް ޖެހޭނީ އެހެންމީހުންގެ ޚާދިމަކަށް ވާން.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 10:43
15 ပူးပေါင်းရင်းမြစ်များ  

އެހެންވެ، އީސާގެފާނު އެ އެންމެ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް އެނގޭތަ؟ ދުނިޔޭގެ ޤައުމުތަކުގައި މީސްތަކުންގެ ވެރިކަމަށް އަރާ މީހުން އެމީސްތަކުންގެ މައްޗަށް ގަދަބާރު ހިންގާނެ. އަދި އެމީހުންގެ އިސް ވެރިން ހިތުހުރިހާ ގޮތެއް އެމީސްތަކުންނާ މެދު ހަދާނެ.


އަދި އެންމެ އިސް ދަރަޖަ ހޯދަން އެދޭމީހާ ޖެހޭނީ ދެންތިބި އެންމެންގެ އަޅަކަށް ވާން.


އީސާގެފާނު އިށީނދެވަޑައިގެންނެވުމަށް ފަހު، އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން މަތިވެރިކަމަށް އެދޭ ނަމަ ފުރަތަމައިން ދެރަ ނިކަމެތި މީހަކަށްވެ އަނެކުންނަށް ޚިދުމަތްކުރާ ޚާދިމަކަށް ވެވޭތޯބަލާ.⁠“


އެއީ ހިތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކިބުރުވެރިކަން ވާ ކޮންމެ މީހަކު ދަށްކުރެވޭނެ. އަދި ހިތުގައި ކިބުރުވެރިކަން ނުވާ ކޮންމެ މީހަކު މަތި ކުރެއްވޭނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މި ދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ޓެކްސް ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.⁠“


ނަމަވެސް ކަލޭމެން އެފަދައިން ކަންނުކުރޭ. އޭގެބަދަލުގައި ކަލޭމެންގެ ތެރެއިން އެންމެ މަތީ މީހާ ވާންޖެހޭނީ އެންމެ ދަށް މީހާ ފަދައިން. އަދި ވެރިކަން ކުރާ މީހާ ވާންޖެހޭނީ ޚާދިމަކު ފަދައިން.


ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށްޓަކައި މިކުޑަކުއްޖަކާ އާއި މެދު އަޅާލުން ބެހެއްޓި މީހަކު އެއީ އަހަރެން ގަބޫލުކޮށް އަހަރެންނާއި މެދު ވެސް އަޅާލުން ބެހެއްޓި މީހެއް. އަދި އަހަރެން ގަބޫލުކޮށް އަހަންނާއި މެދު އަޅާލި ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ގަބޫލުކޮށް އެފަރާތާއި މެދު ވެސް އަޅާލުން ބަހައްޓާ މީހަކު ކަމުގައި ވާނެ. ކަލޭމެންގެ ތެރެއިން އެންމެ ދަށް މީހާއަކީ އެންމެ މަތިވެރި މީހާ.⁠“


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑަކީ މި ދުނިޔޭގެ ރަސްކަލެއް ނޫން. އެހެން ކަންހުރިނަމަ ބަނީއިސްރާއީލުގެ ވެރިން އަޅުގަނޑު ހައްޔަރު ކުރުމުން އަޅުގަނޑުގެ މީސްތަކުން އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރީސް. ނަމަވެސް އަޅުގަނޑުގެ ރަސްކަމަކީ މި ދުނިޔޭގެ ރަސްކަމެއް ނޫން.⁠“


ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްރަސްކަލާނގެ ކަލޭމެން ތިޔަވަނީ އިޚުތިޔާރު ކުރައްވައި މިނިވަން ކުރައްވާފައެވެ. ނަމަވެސް އެއަކީ އެމިނިވަން ކަމުގެ ބޭނުންކޮށް ކަލޭމެންގެ އަމިއްލަ ފާފަވެރި އެދުންތައް ފުއްދުމަށް ދެއްވި މިނިވަންކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އެހީވެ ލޯބިވުމަށްޓަކައި ދެއްވި މިނިވަންކަމެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ