މަރުކުސް 10:40 - ކިތާބުލް މުޤައްދަސާ40 ނަމަވެސް އަހަރެންގެ ކަނާއަތް ފަރާތުގަ އާއި ވައަތް ފަރާތުގައި ބައިންދާނީ ކާކުކަން ޚިޔާރު ކުރުމުގެ ޙައްޤެއް އަހަރެންނަކަށް ލިބިގެންނުވޭ. މާތްރަސްކަލާނގެ އެތަންތަން ތައްޔާރު ކުރައްވާފައި ވަނީ އެކަލާނގެ ޚިޔާރު ކުރައްވާ ބަޔަކަށް.“ အခန်းကိုကြည့်ပါ။ |
އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން ޔަޤީންކަމާއެކު އަހަރެންގެ ތަށިން ބޮއިފާނެ! ނަމަވެސް އަހަރެންގެ ކަނާތް ފަރާތުގައްޔާއި އަދި ވާތް ފަރާތުގައި އިށީނދެ ތިބޭނޭ ފަރާތެއް ޚިޔާރު ކުރުމުގެ ޙައްޤު އަހަރެންނަށް ލިބިގެން ނުވޭ. އެ މަޤާމު މިލްކުވެގެން ވަނީ އަހަރެންގެ ބައްޕާފުޅު ތައްޔާރު ކުރައްވާ ފަރާތްތަކަށް.“
ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.