4 އެބައިމީހުން ޖަވާބު ދެއްވިއެވެ. ”މޫސާގެފާނު އަންގަވަނީ ފިރިހެނާ ރަސްމީގޮތުން ވަރީގެ ލިޔުންތައް ލިޔުމަށް ފަހު އަންހެނާ ވަރިކޮށް ފޮނުވާލެވިދާނެ.“
މަރިޔަމްގެފާނުގެ ފިރިމީހާ ޔޫސުފަކީ ނުހަނު ސާލިޙު މީހެކެވެ. ޢާންމުންގެ ކުރިމަތީގައި މަރިޔަމްގެފާނު ފަޟީޙަތްކޮށްލައި ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ ކައިވެނި ކުރުމަށް ޓަކައި މަރިޔަމްގެފާނު ކިޔާފައިވާ ރަންކަނޑައިލައި ސިއްރު ގޮތެއްގައި ކައިވެނި ރޫޅާލުމަށް އޭނާ ނިންމިއެވެ.
އޭގެ ޖަވާބުގައި ފަރީސީން ދެންނެވިއެވެ. ”ވަރީގެ ސެޓްފިކެޓެއް އަނބިމީހާއަށް ދިނުމަށް ފަހު، ވަރިކުރެވިދާނެ ކަމުގައި ތައުރާތުގައި މޫސާގެފާނު އަމުރު ކުރައްވާ އަންގަވާފައި ވަނީ ކީއްވެގެންތޯ؟“
ރައްދު ޖަވާބު ދެއްވުމުގައި އީސާގެފާނު އެބައިމީހުންނާއި މި ސުވާލު ކުރެއްވިއެވެ. ”މޫސާގެފާނު ތިޔަބައިމީހުންނަށް ގެނެސްދެއްވި ޤާނޫނު އަންގައިދެއްވަނީ ކޮން ގޮތަކަށް އަމަލު ކުރުމަށް؟“