Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 10:39 - ކިތާބުލް މުޤައްދަސާ

39 އެ ދެބެއިން ޖަވާބު ދެއްވިއެވެ. ”⁠އަޅުގަނޑުމެންނަށް ކުރެވޭނެ.⁠“ އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން ވެސް އަހަރެން ބޯނެ ވޭންދެނިވި ތަށިން ތިޔަބައިމީހުން ވެސް ބޯން ޖެހޭނެ. އަދި އަހަރެން ފެތިގެންދާނެ ހިތާމަ އާއި ވޭންދެނިވި ކަނޑަށް ތިޔަބައިމީހުން ވެސް ފެތިގެންދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 10:39
10 ပူးပေါင်းရင်းမြစ်များ  

އެހެން ވީމާ ދަރިވަރު އޭނާގެ އެދުރުމީހާއާ އެއްގޮތަށް އުޅެމުން ދިޔައިމާ ފުދޭނެ. އަދި އަޅުމީހާވެސް އޭނާގެ ވެރިމީހާ ފަދައިން އުޅުމުން ފުދޭނެ. މީސްތަކުން ގޭގެ ވެރިޔާއަށް ބަޢަލްޒެބޫލޭ ގޮވާނަމަ އޭނާގެ ގޭގެ ދެން ތިބި މީހުންނަށް އެއަށް ވުރެން ހުތުރު ނަންތަކުން ގޮވައި މުޚާތަބު ކުރާނެ.⁠“


އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.


ޕަތަރަސް އިހުނަށް ވުރެން ސާބިތު ކަމާއެކުގައި ދެންނެވިއެވެ. ”⁠ކަލޭގެފާނާއިއެކުގައި ނިމި ދިޔަ ކަމުގައި ވިއަސް އަޅުގަނޑު ކަލޭގެފާނު ނުދަންނަ ކަމުގައި ނުބުނާނަން!⁠“ އަދި އެހެނިހެން އަސްޙާބީން ވެސް މިމޭރުމުން ދެންނެވިއެވެ.


ޕަތަރަސް ދެންނެވިއެވެ. ”⁠މާތް ސާހިބާ! މިހާރު އަޅުގަނޑަށް ކަލޭގެފާނާއި އެކު ނުދެވެން ވީ ކީއްވެތޯ؟ އަޅުގަނޑު މިހިރީ ކަލޭގެފާނަށްޓަކައި މަރުވުމަށް ވެސް ތައްޔާރަށް.⁠“


ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ އަހަރެން ކަލޭމެން ގާތު ބުނިކަން ހަނދާން އެބަ ހުރިތަ؟ އެމީހުން އަހަރެންނާމެދު ނުބައިކޮށް ކަންކުރިއިރު ކަލޭމެންނާމެދު ވެސް ނުބައިކޮށް ކަންކުރާނެއެންނު. އަހަރެންގެ ބަސްތަކަށް އެމީހުން އަމަލު ކުރާނަމަ ކަލޭމެންގެ ބަސްތަކަށް ވެސް އެމީހުން އަމަލުކުރާނެ.


އިނބަރަސްކަލާނގެ އެންގެވުންތައް އަޅުގަނޑު އެމީހުންނަށް ފޯރުކޮށް ދިނިން. އެމީހުން ދެކެ ދުނިޔެ ނަފްރަތު ކުރޭ. އެހެނީ އެމީހުންނަކީ ދުނިޔެއަށް ނިސްބަތްވާ ބައެއް ނޫން. އެއީ އަޅުގަނޑަކީ ވެސް ދުނިޔެވީ މީހަކަށް ނުވާ ފަދައިން.


އީސާގެފާނުގެ މަންދޫބުންގެ ތެރެއިން ޔޫޙަންނާގެ ބޭބެ ޔާމިޒު ގަތުލު ކުރުމަށް ވެސް ހެރޮދު ރަސްގެފާނު އޭނާގެ ސިފައިންނަށް އަމުރުކުރިއެވެ.


މިއަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން މިވޭންތައް އުފުލަމުން ދާއިރު އަހަރެން މިވަނީ އުފަލުގައެވެ. އެއީ އަހަރެން ޖިސްމާނީ ގޮތުން އުފުލަމުން މިދަނީ އީސާ އަލްމަސީޙު އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެކަލޭގެފާނުގެ ޖަމާޢަތާމެދު އުފުލަމުން ގެންދަވާ ވޭނުގައި އަހަރެން ބައިވެރިވާތީއެވެ.


އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ