Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 10:38 - ކިތާބުލް މުޤައްދަސާ

38 އީސާގެފާނު އެ ދެބެއިންނަށް ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުން ތިޔަ އެދޭކަމަކީ ކިހާވަރެއްގެ ކަމެއްކަން ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭމެ. އަހަރެން ބޯން މިއުޅޭ ވޭންދެނިވި ތަށިން ތިޔަބައިމީހުންނަށް ބޮވޭނެތަ؟ އަދި އަހަރެން މިގަންބާލެވޭ ވޭނުގެ ތެރެއަށް ތިޔަބައިމީހުންނަށް ގެނބެވިދާނެތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 10:38
14 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”⁠ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.⁠“


އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.


ނަމަވެސް އޭގެކުރިން އަހަރެން ވަރަށް ބޮޑު އުނދަގުލަކާއި ކުރިމަތިލާން އެބަޖެހޭ. އެކަންތައްތައް ހިނގާ ނިމެންދެން އަހަރެންގެ ހިތް މި ވަނީ ވޭނުން ފުރިފަ.


”⁠ބައްޕާ! ބައްޕަ އިރާދަކުރައްވާ ކަމަކަށްވަނީ ނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން އަތުލާ. ނަމަވެސް އަޅުގަނޑު އެދެނީ ބައްޕަ ބޭނުން ގޮތް. އަޅުގަނޑު ބޭނުންގޮތެއް ނޫން.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިހާރު ތިޔަ ކަނޑި އޭގެ އުރަޔަށް ލާ. ބައްޕާފުޅު އަހަރެންނަށް ދެއްވަން ހަމަޖައްސަވާފައިވާ ވޭނެއް އަހަރެން ލިބި ނުގަންނަންވީތަ؟⁠“


އެތަކެއްޗަށް އެދި ކަލޭމެން ދުޢާކުރުމުން ވެސް މާތްރަސްކަލާނގެ އެތަކެތި ކަލޭމެންނަށް ނުދެއްވައެވެ. ސަބަބަކީ ކަލޭމެންގެ މަގުސަދުގެ ނުބައިކަމެވެ. އެއީ ހަމައެކަނި ކަލޭމެންގެ ބޭނުމަކީ އަމިއްލަ އެދުމުގެ އުފާވެރިކަން ލިބިގަތުން ކަމުގައި ވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ