Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 10:35 - ކިތާބުލް މުޤައްދަސާ

35 ދެން ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، އަޅުގަނޑުމެންނަށްޓަކައި ކަލޭގެފާނު ކޮށްދެއްވުމަށް އަޅުގަނޑުމެން އެދޭ ކަމެއް އެބައޮތް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 10:35
10 ပူးပေါင်းရင်းမြစ်များ  

ކުޑަ ތަންކޮޅަކަށް ކުރިއަށް ދިޔަ ހިނދު އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގެންނެވިއެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެ ދެބެއިން ތިބީ އެމީހުންގެ ބައްޕަ ޒަބަދީ އާއި އެކުގައި ދޯނީގައެވެ. އޭރު އެބައިމީހުން މަސްހިފަން ގެންގުޅުނު ދާތައް މަރާމާތު ކުރަނީ އެވެ. އީސާގެފާނު އެ ދެބެއިންނަށް އެކަލޭގެފާނާއި އެކުގައި އައުމަށް އެދިވަޑައިގަތެވެ.


”⁠އެއީ ކޮންކަމެއް؟⁠“ އީސާގެފާނު އެ ދެބެއިންގެ ކައިރިން އެއްސެވިއެވެ.


އަދި އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒާއި ޔޫޙަންނާ ގެންދެވިއެވެ. އެ ހިނދު އެކަލޭގެފާނު ފުން ހިތާމައާއި ވޭނުން ފުރިގެން ވިއެވެ.


ދެން އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒުގެ އިތުރުން ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ފިޔަވައި އިތުރު މީހުން ނުދިޔުމަށް އެދިވަޑައިގަތެވެ.


އޭގެ ހަ ދުވަސް ފަހުން މީސްތަކުންނާއި އެކަހެރިވެ ވަޑައިގަތުމަށްޓަކައި އީސާގެފާނު އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި، ޔާމިޒާއި އަދި ޔޫޙަންނާ ގެންދެވިއެވެ. އެތަނުގައި އެބޭކަލުން ބަލަން ތިއްބާ އީސާގެފާނުގެ ސޫރަފުޅު ބަދަލުވެގެން ދިޔަތަން އެބޭކަލުންނަށް ފެނުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ