Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 10:34 - ކިތާބުލް މުޤައްދަސާ

34 އެބައިމީހުން އޭނާއަށް މަލާމާތްކޮށް ހީނހަދައި އޭނާ ގަޔަށް ކުޅުޖަހާނެ. އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތަޅުމަށް ފަހު މަރާލާނެ. އަކަމަކު ތިން ދުވަސް ފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 10:34
24 ပူးပေါင်းရင်းမြစ်များ  

އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ.


އެއާއެކު އީސާގެފާނުގެ މޫނުފުޅަށް އެމީހުން ކުޅު ޖެހިއެވެ. އަދި ގޮށްމުށުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތެޅިއެވެ. އަދި އަނެއްބަޔަކު އެކަލޭގެފާނުގެ ކަންކަށިފުޅުގައި ތެޅިއެވެ.


އަދި އެބައިމީހުން ޕިލާތުސްއަށް ބުންޏެވެ. ”⁠ސާހިބާ، އެ ދޮގުވެރިޔާ މީގެ ކުރިން މިފަދައިން ބުނި އަޑު އަޅުގަނޑުމެން އެހީން. ’⁠ތިން ދުވަސް ފަހުން ތިމަން އަލުން ދިރިގެން ތެދުވާނަމޭ.⁠‘


އުއްތަމަ އިމާމު އޭނާގެ އަމިއްލަ ރިދާ އިރާލާފައި ބުންޏެވެ. ”⁠އިތުރު އެއްވެސް ހެއްކެއް އަހަރެމެންނަކަށް ބޭނުމެއްނުވޭ!


އަދި އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނުގެ ހަށިކޮޅަށް ކުޅުޖަހައި އެކަލޭގެފާނު ކަނުބެންނެވުމަށް ފަހު އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅައި އެކަލޭގެފާނަށް ބުނަމުން ދިޔައެވެ. ”⁠ނަބީބޭކަލެއް ވެއްޖިއްޔާ ބުނެބަލަ! ކާކު ޖެހިހެން ހީވަނީ!⁠“ އަދި އެތަނުގައި ތިބި ފާރަވެރިން އެކަލޭގެފާނު ގެންދަވާ ތަޅައި އަނިޔާ ކުރަން ފެށިއެވެ.


ސަބަބަކީ އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ގިނަ ވަގުތު ހޭދަ ކުރައްވާ އެބޭކަލުންނަށް އުނގަންނައި ދެއްވުމަށްޓަކައެވެ. އެގޮތުން އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރިވެ މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވި، އޭނާ މަރާލެވޭނެ. އަދި އޭގެ ތިން ދުވަސް ފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“


ދެން ހެރޮދު އާއި އޭނާގެ ސިފައިން އީސާގެފާނަށް ނުބައި އެއްޗެތި ގޮވާ މަލާމާތް ކުރަން ފެށިއެވެ. މިބައިމީހުން އެކަލޭގެފާނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސްކަލަކު ފަދައިން އެކަލޭގެފާނު ހެދުން އެޅުއްވުމަށް ފަހު އަނބުރާ ޕިލާތުސްގެ ގާތަށް ފޮނުވިއެވެ.


މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ އެކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތައް އެންގެވިއެވެ. ނަމަވެސް އެކަލާނގެ ދެއްވާ ދެގޮތެއްވުމެއް ނުވާ، ބަދަލުވުމެއް ނުވާ ލޯބިފުޅާއި އެކަލާނގެއާއި ބެހޭ ތެދު ފާޅުވެ އެނގުނީ އީސާ އަލްމަސީޙު މެދުވެރިކޮށެވެ.


”⁠އެހެން މީހުން އަބަދުވެސް އެންމެ މޮޅު މޭބިސްކަދުރުދިޔަ މެހުމާނުންނަށް ދެނީ އެންމެ ކުރީކޮޅު. ދެން މީހުން މޭބިސްކަދުރުގެ ދިޔަ ބޯތާ އެތައް އިރެއްވާފަހުން އެމީހުން ދެން ދޭނީ ތަންކޮޅެއް އަގުހެޔޮ މޭބިސްކަދުރުގެ ދިޔައެއް. ނަމަވެސް ކަލޭ އެންމެ މޮޅު މޭބިސްކަދުރުގެ ދިޔަ ތިޔަ ބެހެއްޓީ އެންމެ ފަހަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ