Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 10:32 - ކިތާބުލް މުޤައްދަސާ

32 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް ވަޑައިގެންނެވި މަގުމަތީގައި އީސާގެފާނު ހުންނެވީ އާރުކާޓީއެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނުގެ އަސްޙާބީން މިކަމުން ޙައިރާންކުރުވިއެވެ. އެ ހިނދު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔަ އެންމެން ތިބީ ބިރުންނެވެ. އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކުގައި މީސްތަކުންނާއި އެއްފަރާތްވެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނާއިމެދު ކަންތައްތައްވާނެ ގޮތުގެ ވާހަކައިން އެބޭކަލުންނަށް އަންގަވައިދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 10:32
12 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ޚިޔާރު ކުރެވިފައި ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރުތައް ދެނެގަތުމަށް ޓަކައި. ނަމަވެސް އަނެކުންނަށް އެފަދަ ސިއްރުތައް އެނގިގެންނުވޭ.


އެތަނުގައި ތިބި އެންމެހާ މީސްތަކުން މިކަމާއި ޙައިރާންވެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠މިއީ ކޮންފަދަ ކަމެއް؟ މިއީ ބާރުވެރިކަމެއް ލިބިހުރެ އުނގަންނައިދޭ އާ އުނގަންނައި ދިނުމެއްތަ؟ މި ކަލޭގެފާނަށް ނުބައި ރޫޙުތަކަށް އަމުރު ކުރުމުގެ ބާރު ލިބިގެންވޭ، އަދި އެތަކެތި މި ކަލޭގެފާނަށް ކިޔަމަންތެރިވޭ!⁠“


އެބައިމީހުންނާއި އެކަލޭގެފާނު މުޚާތަބު ކުރެއްވީ މުޅިން ވެސް މާނަފުން ވާހަކައިންނެވެ. އެހެނަސް އެކަލޭގެފާނުގެ އަސްޙާބީންނާއެކު އެކަހެރިވެ ވަޑައިގަންނަވާ ހިނދު މިހުރިހާ ވާހަކަތަކެއް އަސްޙާބީންނަށް އޮޅުންފިލުވައި ދެއްވައެވެ.


ދެން އެކަލޭގެފާނު އަސްޙާބީންނާއި މުޚާޠަބުކޮށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް ތިޔަފެންނަ ކަންތައްތައް ތިޔަފެންނަނީ ކަލޭމެންނަށް ރަޙުމަތް ލެއްވިގެން ވާތީ.


މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް އަރައިގެން ދާ މަގުމަތިން ދަތުރު ކުރައްވާ ކުރިޔަށް ވަޑައިގެންނެވިއެވެ.


އީސާގެފާނު މި ދުނިޔެ ދޫކޮށް ވަޑައިގަތުމުގެ ދުވަސް ކައިރިވުމުން އެކަލޭގެފާނު ހިތްވަރުފުޅު ގަދަ ކުރައްވާ ގަސްތުކުރެއްވީ ޖެރޫސަލަމަށް ވަޑައިގަތުމަށެވެ.


ދެން ތޯމާސް، ނުވަތަ ދީދިމޫހު އެހެން އަސްޙާބީންނަށް ބުންޏެވެ. ”⁠އެކަލޭގެފާނުގެ އަރިހުގައި ދަމާހިނގާ. އޭރުން އެކަލޭގެފާނާއި އެކު އަހަރެމެން ވެސް މަރުވެދާނެ އެންނު.⁠“


އެކަލޭގެފާނުގެ އަސްޙާބީން މިކަމާ އިންކާރު ކުރުމުގެ ގޮތުން ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އެރަށުގައި ބަނީއިސްރާއީލުގެ ވެރިން ކަލޭގެފާނު ހިލައިންތަޅާ އަވަހާރަކޮށްލަން އުޅުނީ މީގެ ހަމަ ދެތިން ދުވަސް ކުރިން ނޫންތޯ. ވީއިރު ކަލޭގެފާނު އެރަށަށް ވަޑައިގަންނަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ