މަރުކުސް 10:30 - ކިތާބުލް މުޤައްދަސާ30 އެމީހަކަށް މިދުވަސްތަކުގައި ސަތޭކަގުނަ ގެދޮރާއި އަޚުންނާ އުޚުތުންނާ މައިންނާ ދަރިންނާ ދަނޑުފަގާ ލިބޭނެ. އަދި ފަހުން އަންނަން އޮތް ދުވަސްތަކުގައި ނިމުންނުވާ ދިރިހުރުން ވެސް ލިބޭނެ. އެކަމަކު މިހާރުގެ މިދުވަސްތަކުގައި އޭނާ ނާއިންސާފީތަކަކާ ވެސް ކުރިމަތިލާން ޖެހިދާނެމެ. အခန်းကိုကြည့်ပါ။ |
އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.
އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.
އަހަރެމެން މަތިވެރިކަމެއް ދެނީ ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނަށެވެ. އައްޔޫބުގެފާނުގެ ކެތްތެރިވެ ވަޑައިގަތުމާއި އަދި އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތުމުން ސާހިބުވަންތަކަލާނގެ އެކަލޭގެފާނަށް އެންމެފަހުން އެހީތެރިވެ ވޮޑިގެންނެވީ ހެޔޮ ގޮތުގައިކަން ކަލޭމެން ވާނީ އަޑު އަހާފައެވެ. ސާހިބުވަންތަކަލާނގެ މިފަދައިން އަމަލުކުރެއްވި ސަބަބަކީ އެކަލާނގެއީ އޯގާވަންތަ އަދި ރަޙުމަތްވަންތަ ރަސްކަލާނގެ ކަމުގައިވުމެވެ.
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.
ތިޔަބައިމީހުންގެ މުސީބާތްތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ ނިކަމެތިކަމާއި ފަގީރުކަން ވެސް އަހަރެންނަށް އެނގޭ. ނަމަވެސް ޙަޤީޤީ މުއްސަނދިންނަކީ ތިޔަބައިމީހުން! ބައެއް ފަރާތްތަކުން ތިޔަބައިމީހުނާއި ދެކޮޅަށް މުޚާތަބު ކުރި ނުބައި ބަސްތައް ވެސް އަހަރެންނަށް އެނގޭ. އެއީ އެބައިމީހުން ދަޢުވާ ކުރަމުން ދިޔައީ ޙަޤީޤީ ބަނީއިސްރާއީލުންނަކީ އެބައިމީހުން ކަމުގައި. ނަމަވެސް އެބައިމީހުންނީ ޙަޤީޤީ ބަނީއިސްރާއީލުންނެއް ނޫން. އެބައިމީހުންނީ ޝައިތާނާގެ ޖަމާޢަތުގެ ބައެއް!
އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.