Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 10:29 - ކިތާބުލް މުޤައްދަސާ

29 އީސާގެފާނު ވިދާޅުވިއެވެ. ”⁠ގަބޫލުކުރޭ! އެއްވެސް މީހަކަށް އަހަންނަށްޓަކައި ނުވަތަ ހެޔޮޚަބަރުފުޅަށްޓަކައި އެމީހާގެ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިން ނުވަތަ ދަނޑުފަގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ،

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 10:29
13 ပူးပေါင်းရင်းမြစ်များ  

އަދި އެބައިމީހުންގެ އަތުގައި ހުރި ތަކެއްޗެއް ކޮންމެހެން ގެންނާނެ ކަމެއް ނެތޭ ވެސް ބުނޭ. ސަބަބަކީ މުޅި މިޞްރުން ލިބެން ހުރި އެންމެ ރަނގަޅު ބިން އެބައިމީހުން ދިރިއުޅުމަށްޓަކައި އަހަރެމެން ދޭނެތީ ވެސްމެ.⁠“


އަހަރެންގެ ސަބަބުން ވެރިންގެ ކުރިމައްޗަށާއި އަދި ރަސްރަސްކަލުންގެ ކުރިމައްޗަށް ތިޔަބައިމީހުން ދަމާ ގެންދާނެ. އެ ހިނދު އެބައިމީހުންނަށާއި ބަނީއިސްރާއީލު ނޫން ދަރިކޮޅުތަކުގެ މީހުންނަށް އަހަރެންނާއި ބެހޭގޮތުން ތިޔަބައިމީހުންނަށް ހެކިވޭ ބުނެދެވޭނެ.


ހަމައެހެންމެ ތިޔަބައިމީހުންގެ ތެރެއިން އަހަންނަށްޓަކައި އެއްވެސް މީހަކު އަމިއްލަ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިން ނުވަތަ ދަނޑުފަނގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކު ދޫކޮށްދިޔަ ތަކެއްޗަށް ވުރެން ސަތޭކަ ގުނަ އިތުރަށް ލިބިދެއްވާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތެއް ވެސް ލިބިދޭނެ.


ނަމަވެސް އެންމެ ފުރަތަމަ ހޯދަންވީ މާތްރަސްކަލާނގެ ރަސްކަންފުޅު. އަދި ތިޔަބައިމީހުން އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރުމުގައިވޭ. އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ދެއްވާނެ.


އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް އެދޭ މީހުންނަށް ޙަޤީޤަތުގައި އެބައިމީހުންގެ މުޅި ޙަޔާތް ގެއްލޭނެ. ނަމަވެސް އަހަރެންނަށްޓަކައި އަދި ހެޔޮޚަބަރުފުޅަށްޓަކައި ތިޔަބައިމީހުންގެ ފުރާނަ ދޫކޮށްފިނަމަ ތިޔަބައިމީހުންގެ ފުރާނަ ތިޔަބައިމީހުންނަށް ސަލާމަތް ކުރެވޭނެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ގަބޫލުކުރޭ! އެއްވެސް މީހަކު އަމިއްލަ ރަށާއި، އަނބިމީހާ ނޫނީ ތިމާގެމީހުން ނުވަތަ މައިންބަފައިން ނޫނީ ތިމާގެ އަމިއްލަ ދަރިން މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙައްޤުގައި ދޫކޮށްލަން ޖެހިއްޖެ ހިނދަކު ދޫކޮށްލައިފި ނަމަ


ތިޔަބައިމީހުން ކެތްތެރިކަމާއެކު އަހަރެންނަށްޓަކައި ވޭން އުފުލީމު. އަދި ތިޔަބައިމީހުން ސާބިތުވެ ތިބި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ