މަރުކުސް 10:22 - ކިތާބުލް މުޤައްދަސާ22 އީސާގެފާނު މިފަދައިން ވިދާޅުވި އަޑު މި ފިރިހެނާއަށް އިވުމުން އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި ނުހަނު ދެރަވެ ހުރެ ހިނގައްޖެއެވެ. ސަބަބަކީ މި ފިރިހެނާއަކީ މުއްސަނދި މީހެއް ކަމުގައި ވީތީއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނުގެ ޢަދުއްވުންނާއި އެކަލޭގެފާނު ޙަވާލު ކުރި ޔުދާސްއަށް އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އެބައިމީހުން ރާވަމުން ގެންދިޔަތަން ފެނުނެވެ. އެ ހިނދު އޭނާ ކުރި ކަންތަކާއިމެދު އޭނާ ނުހަނު ދެރަވިއެވެ. ވީމާ އޭނާއަށް އެބައިމީހުން ދިން ތިރީސް ރިހި ލާރި ހިފައިގެން ގޮސް ބޮޑުއިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުންގެ އަތަށް ދިނުމަށް ޓަކައި އޭނާ ގޮސް ބުންޏެވެ.
އެ ފިރިހެނާ އާއި ދިމާއަށް އީސާގެފާނު ފުން ލޯތްބާއެކު ބައްލަވާލައްވާ އެމީހާއަށް ވިދާޅުވިއެވެ. ”ތިބާ ކުރަންޖެހޭ އޮތީ ހަމައެކަނި އެންމެ ކަމެއް. ތިބާގެ މިލްކުގައިވާނަމަ ވާހައި މުދަލެއް ވިއްކާލާ. އަދި އެ ފައިސާ ފަގީރުންނަށް ހޭދަކުރޭ. އޭރުން ތިބާއަށްޓަކައި ސުވަރުގޭގެ މުއްސަނދިކަން ލިބިގެންވާނެ. އެއަށް ފަހު އަހަރެންނާއިއެކުގައި ވުމަށް އާދޭ.“
ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.
ތިޔަބައިމީހުން ޔަޤީން ކުރާންވީ ޖިންސީ ފާފަވެރިކަމުގަ އާއި ނުތާހިރު ކަމުގައިވެ ނުވަތަ ދަހިވެތިކަމުގައިވާ އެއްވެސް ފަރާތަކަށް އަލްމަސީޙާއި އަދި މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިނުގަނެވޭނެ ކަމެވެ. އެހެނީ ދަހިވެތި މީހާއަކީ ޙަޤީޤަތުގައި ދުނިޔަވީ ކަންތައްތައްތަކާއި މެދުގައި އަޅުކަންކުރާ މީހާ ކަމުގައި ވުމެވެ.