އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެއްވެފައި ތިބި މީސްތަކުންގެ ތެރެއަށް ވަޑައިގެންނެވި ހިނދު ފިރިހެނަކު އައިސް އީސާގެފާނުގެ ކުރިފުޅުމަތީ ކަކޫމައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ، އަޅުގަނޑުގެ ފިރިހެން ދަރިފުޅުގެ މައްޗަށް ރަޙުމް ކުރައްވާ! އެ ދަރިފުޅަށް ވަނީ ވެއްޓޭބަލި ޖެހިފަ. އޭނާގެ ހާލު ވަރަށްވެސް ދެރަ. އަދި ވަރަށް ގިނަ ފަހަރު މަތިން އޭނާ އަލިފާނާއި އަދި ފެނުގެ ތެރެއަށް ވެސް ވެއްޓޭ.