މަރުކުސް 10:14 - ކިތާބުލް މުޤައްދަސާ14 އެބޭކަލުންގެ މިޢަމަލު އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު ކޯފާވެ ވަޑައިގަންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”އެ ތުއްތު ކުދިންތައް އަހަރެންގެ ކައިރިއަށް އައުން މަނާ ނުކުރޭ! އެ ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ! މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ މި ކުދިން ފަދަ މީސްތަކުންނަށް. အခန်းကိုကြည့်ပါ။ |
އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާގެ އަތް ދަމާލާ.“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.
ނަމަވެސް އީސާގެފާނު އަނެއް ފަރާތަށް އެނބުރި ވަޑައިގަންނަވައި، އެކަލޭގެފާނު އަސްޙާބީންނާއި ދިމާއަށް ބައްލަވައިލެއްވުމަށް ފަހު، ޕަތަރަސްއަށް އަޑުލައި ވިދާޅުވިއެވެ. ”އަހަރެންގެ ކައިރިން އެއްކިބާވޭ، ޝައިތާނާ! ކަލޭގެ ވިސްނުން ތިޔަހުރީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައަކުން ނޫން. ނަމަވެސް އިންސާނީ ތަބީޢަތާ އެއްގޮތަށް!“
އެކަލާނގެ ރަސޫލުންނާއި ނަބީބޭކަލުންނަށް އެކަލާނގެ އެންގެވީ ހަމަ ތިޔަބައިމީހުންނަށް މި ކަންތައްތައް އަންގައިދިނުމަށް. އަދި މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނަށް ކުރެއްވި ޢަހުދުނާމާއަކީ ހަމަ ކަލޭމެންނާއެކުގައި ވެސް ކުރެވިފައިވާ ޢަހުދުނާމާއެއް. އަދި މި ޢަހުދުނާމާއާ ބެހޭ ގޮތުން ކަލޭމެންނަށް ވެސް ވަނީ އެންގެވިފަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވި. ’ކަލޭގެ ދަރިކޮޅުގެ މީހެއް މެދުވެރިކޮށް ތިމަންކަލާނގެ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާނަމޭ.‘
”ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!“