Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 10:1 - ކިތާބުލް މުޤައްދަސާ

1 ކަޕަރުނައުމް ދޫކުރައްވާ ޖުދެއާ ސަރަހައްދަށް ވަޑައިގެން އުރުދުން ކޯރުގެ އަނެއްފަރާތަށް އީސާގެފާނު ވަޑައިގެންނެވި ހިނދު އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް އަނެއްކާވެސް އެއްވެއްޖެއެވެ. އަދި އެހެނިހެން ދަތުރުތަކެކޭ އެއްގޮތަށް އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 10:1
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.


އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ވަޑައިގެންނެވީ ކަޕަރުނައުމްއަށެވެ، އަދި ޖެހިގެން އައި ސަބަތުގެ ދުވަހުގައި އީސާގެފާނު ދީނީ މަރުކަޒަށް އުނގަންނައި ދެއްވުމަށް ވަޑައިގެންނެވިއެވެ.


ފަރީސީނުގެ ބަޔަކު ވެސް އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ އަޖުމަ ބެލުމުގެ ގޮތުން މި ސުވާލު ކުރިއެވެ. ”⁠ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރުމަކީ ހުއްދަ ކަމެއްތަ؟⁠“


އެއަށް ފަހު އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވި ހިނދު މި ސުވާލު އެކަލޭގެފާނު ކުރެއްވިއެވެ. ”⁠އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން ފޮނުއްވޭނެ ފަރާތެއް ކަމުގައި ދީނުގެ ދަންނަބޭކަލުން އެ ބުނަނީ ކީއްވެ؟


ދުވަހުން ދުވަހަށް ބައިތުލް މަޤްދިސްގައި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން އަހަރެން ގެންދިޔައިރު ތިޔަބައިމީހުން އަހަރެން ހައްޔަރެއް ނުކުރި. އެހެނަސް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވީ ކަންތައްތައް އެގޮތުގެ މަތީން ޙަޤީޤަތަކަށް ވެގެންދާން ޖެހޭނެ.⁠“


އަނެއްކާވެސް ގަލީލީ ކަނޑުގެ އައްސޭރިފަށަށް އީސާގެފާނު ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ މީހުން އައެވެ. އަދި އެމީހުންނަށް އެކަލޭގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.


އެބައިމީހުންނަށް މާނަފުން ވާހަކަތަކުން ވަރަށްގިނަ ކަންތައް އުނގަންނައި ދެއްވިއެވެ.


އަދި ސަބަތުގެ ދުވަހެއްގައި ދީނީ މަރުކަޒަށް ވަޑައިގެން މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް މިފަދައިން ވިދާޅުވެ އުގަންނަވައި ދެއްވިއެވެ. އަދި އެކަލޭގެފާނުގެ މިބަސްފުޅު އަޑުއެހި އެތައްބަޔަކު ޙައިރާންވެ ބުނެވުނެވެ. ”⁠މިހުރިހާ ތަކެއްޗެއް އޭނާއަށް އެނގުނީ ކޮންތާނކުން؟ ކޮން ޙިކުމަތެއް އޭނާއަށް ދެއްވައިގެންތަ އެއުޅެނީ؟ ކިހިނެއް އޭނާ މުޢުޖިޒާތްތައް ދައްކާނީ؟


އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ހިނދު އެއްވެފައިވާ ގިނަ މީސްތަކުން ފެނިވަޑައިގަންނަވާ އެ މީހުންނާއިމެދުގައި ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައިމީހުން ވަނީ ހުއިހައްޕައިދޭނޭ މީހަކުނެތް ކަންބަޅިތަކެއް ފަދައިންނެވެ. އެހެންވީމާ، އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.


އެތަނުން އެކަލޭގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ވަޑައިގެންނެވީ އެންމެ ފުރަތަމަ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ހިސާބަށެވެ. ދެން އީސާގެފާނު އެތާނގައި މަޑުކުރެއްވިއެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެނބުރި ޖުދެއާއަށް ދަމާ ހިނގާ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކިޔަވައިދިން ހުރިހާ އެއްޗެއް އަހަރެން ކިޔަވައިދިނީ ހާމަ ކަން މަތީ އެންމެންނަށް ވެސް ފެންނަގޮތަށް ދީނީ މަރުކަޒުތަކުގައި އާއި އަދި ބައިތުލް މަޤްދިސްގައި. އަހަރެން އެއްވެސް ކަމެއް ސިއްރަކުން ނުކުރަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ