Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:7 - ކިތާބުލް މުޤައްދަސާ

7 މީސްތަކުންނަށް އެކަލޭގެފާނު ގޮވާލައްވަމުން ގެންދެވިއެވެ. ”⁠އަހަރެންނަށް ފަހު ވަޑައިގަންނަވާ ބޭކަލަކީ އަހަރެންނަށް ވުރެން މާ މަތިވެރި ބޭކަލެއް. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅު ދަށަށް ގުދުވެ ފައިވާންފުޅު މޮހެދެއްވާ އަޅެއްގެ ގޮތުގައި ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:7
11 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


ނަމަވެސް ޔަޙުޔާގެފާނު އެކަންތައް ހުއްޓުމަށް ޓަކައި މަސައްކަތް ކުރެއްވުމުގެ ގޮތުން ދެންނެވިއެވެ. ”⁠ކަލޭގެފާނު އަޅުގަނޑުގެ ކައިރިއަށް ތައުބާގެ ހިނެވުމުން ހިނައިގެންނެވުމަށް ޓަކައި ތިޔަ ވަޑައިގެންނެވީ ކީއްވެ؟ އަޅުގަނޑު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދިވަޑައިގަންނަވަމު!⁠“


ޔަޙުޔާގެފާނު ތުރުކުރައްވައިގެން ހުންނެވި ޖަމަލުކެހެރިން ހައްދަވާފައިވާ ހެދުންކޮޅަކާ އެކު އުނަގަނޑުގެ ވަށައިގެން ހަމުގެ ކަމަރެއް އަޅާފައި އޮތެވެ. އެކަލޭގެފާނު ފަރިއްކުޅުއްވަމުން ގެންދެވީ ގޮއްފުޅަނތްގާއި ރޯ މާމުއިއެވެ.


އަހަރެން ތިޔަބައިމީހުން ތައުބާގެ ހިނެވުމުން ހިނަވަމުން މި ގެންދަނީ ފެނުން. ނަމަވެސް އެކަލޭގެފާނު ތިޔަބައިމީހުން ހިނަވާނީ މާތްރޫޙުފުޅުން.⁠“


އެފަދައިން ހީކުރި މީހުންނަށް ޔަޙުޔާގެފާނު މިޖަވާބު ދެއްވިއެވެ. ”⁠އަހަރެން މީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން. އަހަރެން ކަލޭމެން ހިނައިގަތުމަށް މިބުނަނީ ފެނުން. ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫޙުފުޅުން. އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއް ނުވާ އަލިފާނަށް އެއްލާ ލައްވާނެ.


ޔަޙުޔާގެފާނު މިގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ނިމުމާއި ކައިރިވެފައި ވަނިކޮށް އެކަލޭގެފާނު މީސްތަކުންނާއި މި ސުވާލު ކުރެއްވި. ’⁠ކަލޭމެން ހީކުރާ ގޮތުގައި ތިމަންކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ކަނޑައަޅުއްވާ ފޮނުއްވުމަށް ހަމަޖެހިފައިވީ ފަރާތް ކަމުގައި ވާ އަލްމަސީޙު ހޭ؟ ނޫނެކޭ. ތިމަންކަލޭގެފާނަކީ އަލްމަސީޙުއެއްނޫނޭ. އެކަލޭގެފާނު އެބަ ވަޑައިގަންނަވާއޭ. ތިމަންކަލޭގެފާނީ އެކަލޭގެފާނުގެ ފައިންޕުޅުގެ ދަށުގައިވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫނޭ.⁠‘


ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ މީސްތަކުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަމުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން. ނަމަވެސް ޔަޙުޔާގެފާނު މީސްތަކުންނަށް އަންގަވަމުން ދިޔައީ އެކަލޭގެފާނަށް ފަހު އަންނަ ކަލޭގެފާނަށް އީމާންވުމަށް. އެކަލޭގެފާނަކީ އީސާގެފާނު.⁠“


އަބީޖާއިލް ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެފައި ބުންޏެވެ. ”⁠އަހަރެން މީ އޭނާގެ އަޅެއް. އޭނާގެ ޚާދިމުންގެ ފައިތިލަ ދޮވެ ދޭން ވެސް މިހިރީ ތައްޔާރަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ