Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:6 - ކިތާބުލް މުޤައްދަސާ

6 ޔަޙުޔާގެފާނު ތުރުކުރައްވައިގެން ހުންނެވި ޖަމަލުކެހެރިން ހައްދަވާފައިވާ ހެދުންކޮޅަކާ އެކު އުނަގަނޑުގެ ވަށައިގެން ހަމުގެ ކަމަރެއް އަޅާފައި އޮތެވެ. އެކަލޭގެފާނު ފަރިއްކުޅުއްވަމުން ގެންދެވީ ގޮއްފުޅަނތްގާއި ރޯ މާމުއިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:6
6 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނު ތުރުކުރައްވައިގެން ހުންނެވީ ޖަމަލުކެހެރިން ހައްދަވާފައިވާ ހެދުންކޮޅެކެވެ. އަދި އުނަގަނޑުގެ ވަށައިގެން ހަމުގެ ކަމަރެއް އަޅާފައި އޮތެވެ. އެކަލޭގެފާނު ގޮއްފުޅަނތްގާއި ރޯ މާމުއި ފަރިއްކުޅުއްވިއެވެ.


ޖުދެއާކަރައިގެ ސަރަހައްދުންނާއި ޖެރޫސަލަމުން އެތައްބައިވަރު މީހުންނެއް ޔަޙުޔާގެފާނުގެ އަރިހަށް އައެވެ. އަދި އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެބައިމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.


މީސްތަކުންނަށް އެކަލޭގެފާނު ގޮވާލައްވަމުން ގެންދެވިއެވެ. ”⁠އަހަރެންނަށް ފަހު ވަޑައިގަންނަވާ ބޭކަލަކީ އަހަރެންނަށް ވުރެން މާ މަތިވެރި ބޭކަލެއް. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅު ދަށަށް ގުދުވެ ފައިވާންފުޅު މޮހެދެއްވާ އަޅެއްގެ ގޮތުގައި ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ