Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:5 - ކިތާބުލް މުޤައްދަސާ

5 ޖުދެއާކަރައިގެ ސަރަހައްދުންނާއި ޖެރޫސަލަމުން އެތައްބައިވަރު މީހުންނެއް ޔަޙުޔާގެފާނުގެ އަރިހަށް އައެވެ. އަދި އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެބައިމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:5
15 ပူးပေါင်းရင်းမြစ်များ  

ފާފަތައް ފޮރުވާ މީހާއަކަށް ކާމިޔާބެއް ނެތެވެ. ފާފަތަކަށް އިޢުތިރާފްވެ އެނބުރިގަންނަ މީހާއަށް ރަޙުމަތް ލައްވައެވެ.


ގަލީލީ އާއި ދެކާޕޮލިސް އާއި ޖެރޫސަލަމް އާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރުގެ އިރުމަތިފަރާތުގެ ސަރަހައްދުގައިވާ ރަށްތަކުގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.


އެގޮތުން ޔަޙުޔާގެފާނު އެކަހެރި ހިސާބެއްގައި ހުންނަވައިގެން މީސްތަކުން ތައުބާގެ ހިނެވުމުން ފާފަ ފުއްސަވާނެ ފަދައިން ހިނަވައިދެއްވައި އެކަންތައް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.


ޔަޙުޔާގެފާނު ތުރުކުރައްވައިގެން ހުންނެވި ޖަމަލުކެހެރިން ހައްދަވާފައިވާ ހެދުންކޮޅަކާ އެކު އުނަގަނޑުގެ ވަށައިގެން ހަމުގެ ކަމަރެއް އަޅާފައި އޮތެވެ. އެކަލޭގެފާނު ފަރިއްކުޅުއްވަމުން ގެންދެވީ ގޮއްފުޅަނތްގާއި ރޯ މާމުއިއެވެ.


މި ކަންތައްތައް މިފަދައިން ހިނގީ އުރުދުން ކޯރުގެ އިރުމަތީގައިވާ ބެތާނިޔާ އޭ ކިޔުނު ރަށެއްގައެވެ. އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުން ހިނަވަމުން ގެންދިޔަ ތަނެވެ.


ޔަޙުޔާގެފާނު ޖަލަށް ލެވުމުގެ ކުރީގައި އެކަލޭގެފާނު ޝާލެމްގެ ކައިރީގައިވާ އައިނޯނުގައި މީސްތަކުން ހިނަވަމުން ގެންދެވިއެވެ. އެއީ އެތާނގެ ކޯރުގެ ފެންގަނޑު ބޮޑުވެފައި އަދި އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އަންނަމުން ދިޔައީތީއެވެ.


ޔަޙުޔާގެފާނު ހުރީ އަލިގަދަ ބައްތިއެއް ފަދައިން ވިދަވިދާ. އަދި ކަލޭމެން އެކަލޭގެފާނުގެ ކިބައިން ލިބެމުން ދިޔަ އަލިކަމުން ދުވަސްކޮޅަކަށް އުފާ ހާސިލް ކުރި.


އީމާންވެގެން ތިބި އެތައް ބަޔަކުމެ ފާޅުގައި އެމީހުން ކޮށްފައިވާ ނުބައިކަންތަކަށް އިޢުތިރާފު ވަމުން ދިޔައެވެ.


ޕަތަރަސް ބުންޏެވެ. ”⁠ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.


އެހެންވީމާ ކަލޭމެންގެ ތެރެއިން އެކަކު އަނެކަކަށް ކުރެވިފައިވާ ފާފަތަކަށް އެއްބަސްވެ ތައުބާ ވާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ޙާލުގައި ވުމަށް އެދި ދުޢާކުރާށެވެ. ޞާލިޙު ގޮތުގައި ޙަޔާތު ވޭތުކުރަމުން ދާ ފަރާތްތަކުގެ ދުޢާތައް ބާރުގަދަވެފައި ބަރުދަން ހުންނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ