Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:45 - ކިތާބުލް މުޤައްދަސާ

45 ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:45
12 ပူးပေါင်းရင်းမြစ်များ  

ވީމާ އެސިފައިން އެ ފައިސާ ނެގުމަށް ފަހު އެބައިމީހުން އެދުނު ފަދައިން މީސްތަކުންނަށް ބުނެދިނެވެ. އަދި ބަނީއިސްރާއީލުންގެ ތެރެއިން ދުރު ހިސާބުތަކަށް އެ ޚަބަރު ފެތުރި ގެންދިޔައެވެ. ހަމައެހެންމެ އެބައިމީހުންގެ ތެރޭގައި އެކަކު އަނެކަކަށް އެ ވާހަކަ މިއަދާ ހަމައަށް ވެސް ދައްކައެވެ.


މި ޚަބަރު އެސަރަހައްދުގެ ވަށައިގެންވާ ހުރިހާ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.


ނަމަވެސް އެބައިމީހުން އެތަނުން ގޮސް އީސާގެފާނު މި ކޮށްދެއްވި ކަންތަކުގެ ޚަބަރު މުޅި އެ ސަރަހައްދުގެ ތެރެއަށް ފަތުރައިލިއެވެ.


އަނެއްކާވެސް ގަލީލީ ކަނޑުގެ އައްސޭރިފަށަށް އީސާގެފާނު ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ މީހުން އައެވެ. އަދި އެމީހުންނަށް އެކަލޭގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.


އެއަށް ފަހު އީސާގެފާނު އެކަލޭގެފާނު ހުންނަވާ ގެކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެ ކަލޭގެފާނު ހުންނެވި ގޭ ދޮށަށް މިފަހަރު ވެސް އެތައް ބައިވަރު މީހުންނެއް އެއްވިއެވެ. މިހެންވުމުން އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ކާނޭ ވަގުތު ލިބިގެން ނުވިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކު ގަލީލީ ކަނޑަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ ބަޔަކު ދިޔައެވެ. އެބައިމީހުންގެ ތެރޭގައި ގަލީލީންނާއި ޖުދެއާއިންނާއި، ޖެރޫސަލަމުންނާއި، އިދުމެއާގެ ސަރަހައްދުންނާއި، އުރުދުން ކޯރުގެ އިރުމަތީ ރަށްތަކުގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގެ ތެރެއިން ޞޫރާއި ޞައިދޫންގެ އަހުލުވެރިން ވެސް ވިއެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް އައި ސަބަބަކީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ މުޢުޖިޒާތީ ކަންތައްތަކުގެ ޚަބަރު ލިބުމުންނެވެ.


އެއަށް ފަހު މި ހިނގާދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހަކަށް ބުނެ ނުދިނުމަށް އީސާގެފާނު މީސްތަކުންނަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު މިކަން އިތުރަށް ސިއްރު ކުރުމަށް އެދިވަޑައިގަތަސް މީސްތަކުން މިވާހަކައިގެ ޚަބަރު އިތުރަށް ފަތުރަމުން ގެންދިޔައެވެ.


ވަރަށްގިނަ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެއީ އެކަލޭގެފާނު ތަފާތު ބަލިތައް ޖެހިފައިވާ މީހުން ރަނގަޅުކުރައްވާ ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެމީހުންނަށް ފެނިފައިވީތީއެވެ.


ރަނގަޅު އުގަންނައި ދިނުންތަކާއިމެދު ދެކޮޅުވެރިވާ ވަރަށް ގިނަ ފަރާތްތައް ވެއެވެ. ބޭކާރު ވާހަކަތައް ދެއްކުމުގަ އާއި މީސްތަކުންނަށް މަކަރު ހެދުމުގައިވާ މީހުން ވެސް ވެއެވެ. ޚާއްސަކޮށް މިފަދަ މީހުންގެ ދައުވާއަކީ ދިންނެވުން ލިބިދެނީ ޚިތާނު ކުރެވިފައިވާ ފަރާތްތަކަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ